ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

2024 ވަނަ އަހަރުގެ މުވައްޒަފުންގެ އާޢިލީ ހަވީރަށް ކައްކައިދޭނެ ފަރާތެއް ހޯދުމަށް އެދި

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، 200 މީހުންނަށް ރޭގަނޑުގެ ކެއުން ކައްކައި ތައްޔާރު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ، 2024 ނޮވެންބަރ 26 ވާ ހޯމަ ދުވަހުގެ 11:00 އެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ނޮވެންބަރ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅަންވާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ”2024 ވަނަ އަހަރު މުވައްޒަފުންގެ އާޢިލީ ހަވީރަށް ކައްކައި ދިނުމުގެ މަސައްކަތަށް އެދި“ މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި އިސްކަންދޭނީ އެންމެ އަގުހެޔޮ އަދި އެންމެ ރަނގަޅު ހުށަހެޅުމަކަށެވެ.

19 ޖުމާދުލްޢޫލާ 1446

21 ނޮވެމްބަރ  2024

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016