ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/07) ގެ 107 ވަނަ މާއްދާގައި ސިޓީކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހާއި ޖުލައިމަހު ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވަން ވާނެކަމަށާއި، ޖުލައިމަހު ބާއްވާ ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެކަމަށާއި އަދި ރައްޔިތުންނާ ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓްގެ މަޢުލޫމާތު އާއްމުކޮށް ހާމަކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ވުމާއެކު މިކައުންސިލުން ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ޖުލައި މަހުގެ  ބައްދަލުވުން 2024 ޖުލައި 26 ވާ ހުކުރު ދުވަހުގެ ރޭ 08:30 ގައި ”ގޮމަވަތި“ ހޯލުގައި އޮންނާނެއެވެ. މިއިޢުލާނާއެކު ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އާއްމުކޮށްފައިވާނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016