ނިލަންދޫ ރަސްމީ ކުނިކޮށި، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށްފަހު އަލުން ބޭނުންކުރަން ފެށުމުގެ ކުރިން ކުނިކޮށި ސާފުކުރުމަށް، މިއަދު ކައުންސިލް މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. މިކުނިކޮއްޓަށް މީގެ ކުރިން ކުނިއަޅަމުންދިޔަ ނަމަވެސް ކުނިކޮށި މަރާމާތުކުރުމުގެ މަސައްކަތެއް ކުރުމަށް ވަގުތީގޮތުން ކުނި އުކާލުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް މި ކުނިކޮށްޓަށް ކުނި އެޅުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.






































