1445ވަނަ އަހަރުގެ ބޮޑު ޢީދަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން ޓާސްފޯސް ޓީމެއް އެކުލަވާލެވިގެން ބޮޑު ޢީދަށް ތައްޔާރުވުމުގެ މަސައްކަތް ކައުންސިލުން އިސްވެ އޮވެ ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއެކީގައެވެ. އެގޮތުން ޒުވާނުންގެ ޓީމާއި، ރަޢުގައިހުރި ގިނަ އިދާރާތަކަކާއި ކުލަބު ޖަމްއިއްޔާތެއްގެ އިތުރުން އާންމު ރައްޔިތުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިފައިވެއެވެ.





























