މިއަހަރުގެ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 2024 ޖުލައި 26 ވީ ހުކުރު ދުވަހުގެ ހެނދުނު 05:50ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިގެތެރޭގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10ބީގެ ދަރިވަރު ޒަހާ އިސްމާޢީލް ނަޞީރު ފަށްޓަވައި ދެއްވި މިރަސްމިއްޔާތު ހުށަހަޅައި ދެއްވީ އެމަރުކަޒުގެ ގްރޭޑް 11ބީގެ ދަރިވަރު ޔާނާ މޫސާއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދެއްކެވީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 ބީގެ ދަރިވަރު ފަދުވާ މޫސާ ނަޢީމާއި، ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބާއި ފ. ނިލަންދޫ ކައުންސިލްގެ ނައިބުރައީސް އިބްރާހީމް މުޙައްމަދުގެ އިތުރުން ރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާން ފ. އަތޮޅު ކައުންސިލްގެ ރައީސާ ޙައްވާ ޢަބްދުލްޢަޒީޒެވެ. ފ. އަތޮޅު ކައުންސިލްގެ ރައީސާ ޙައްވާ ޢަބްދުލްޢަޒީޒް ދިދަ ނަންގަވައި ދެއްވި މިރަސްމިއްޔާތުގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 07 ން މަތީގެ ދަރިވަރުންނާއި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން މިއަދުގެ ހަވީރު 04:30 ން 05:30 އަށް ނިލަންދޫގެ މަގުތަކުގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓްކޯގެ ޕެރޭޑް ޙަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ.



















































