ރާއްޖޭގެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލްކަމުގެ މަޤާމަށް މީހުން ހަމަޖެއްސެވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ފެއްޓެވި މަޝްރޫޢުގެ ދަށުން 2021 ނޮވެންބަރު 16ގައި ފ. ނިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްކަމުގެ މަސްޢޫލިއްޔަތާ ޙަވާލުވެ ވަޑައިގެން، ފާއިތުވީ 02 އަހަރާ 08 މަހާ 02 ދުވަސްތަރޭގައި އަޙްމަދު ޢަރީފްވަނީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ނިލަންދޫ ކައުންސިލް ވެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އަޙްމަދު ޢަރީފް ޝަރަފްގައި މިހާ ފުރިހަމަ ހަފްލާއެއް ބާއްވައި ދެއްވި ކަމަށްޓަކައި ކައުންސިލް މެމްބަރުންނާއި އިދާރީ ވެރީންނާއި މުވައްޒަފުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ. މިޙަފްލާގައި އަޙްމަދު ޢަރީފްގެ މަންމައާއި ބައްޕަގެ އިތުރުން އަންހެނުންވަނީ ބައިވެރިވެލައްވާފައެވެ.









































































