މިއީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތައް ހިނގަމުންދާ ގޮތާއި މަސައްކަތްތައް ރާވާލެވިފައިވާ ގޮތްތައް ބަލައި ތަޖުރިބާ ހޯދުމަށް ކުރެވޭ ސިލްސިލާ ދަތުރުގެ ތެރެއިން2024 ވަނަ އަހަރު ކުރި ދަތުރެކެވެ. މި އަހަރުގެ ތަޖުރިބާ ދަތުރުގައި ކައުންސިލް މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި، އިދާރީ މުވައްޒަފުންނާއި، ވޭސްޓް މެނޭޖްމަންޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި، މިސްކިތު މަސައްކަތު މީހުންނާއި އިޖުތިމާޢި މަރުކަޒުގައި މަސައްކަތް ކުރާ ފާރާތްތައް ޝާމިލްވާނެހެން، ޖުމްލަ 19 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ދަތުރުގައި ހއ، އަދި ހދ ގެ ޖުމްލަ05 ރަށަކަށް ޒިއާރަތްކޮށް އެރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށްފައިވެއެވެ.






















