ފ. ނިލަންދޫ ކައުންސިލްގެ ވޭސްޓްމެނޭޖުމަންޓް މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުން އިސްނަގައިގެން ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ދަޢުވަތުދީގެން 2024 ސެޕްޓެންބަރު 22 ވަނަ ދުވަހު އެކުވެރިކަމުގެ ވޮލީމެޗެއް ކުޅެފިއެވެ. ފ. ނިލަންދޫ ވޮލީ ކޯޓުގައި ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗް ޝަރަފްވެރިކޮށްދެއްވީ ފ. ނިލަންދޫ އިޖުތިމާޢީ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވާ އިސްރަށްވެއްސެއްކަމުގައިވާ ފ. ނިލަންދޫ އެސްޖެހިގޭ ޢަބްދުއްރައްޒާޤް ޙުސައިންއެވެ. 2 ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ކުޅެވިގެންދިޔަ މި މެޗު 5 ސެޓަށް ގޮސްގެން 5 ސެޓް 3 ސެޓުން ކާމިޔާބުކޮށްފައިވަނީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ޓީމެވެ.