ފ. ނިލަންދޫގައި މޫދަށް އެރުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ގޮނޑުދޮށާއި މޫދެތެރެ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ. 2024 ސެޕްޓެންބަރު 03 ވަނަ ދުވަހުގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މިޙަރަކާތުގައި ފ. ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ފ. އަތޮޅު ހޮސްޕިޓަލާއި، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފ.ނިލަންދޫ ފެނަކަ ބްރާންޗްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިިމަސައްކަތް ކުރަމުންދިޔައިރު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އެސަރަހައްދަށް އެކިއެކި ފަރުވާ ހޯދުމަށް ހެނދުނުގަޑީގައި މޫދަށް އެރޭ ފަރާތްތަކުންވަނީ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ހެނދުނުގެ ސައި ތައްޔާރުކޮށްދީފައެވެ.