ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައާއި ގުޅޭ މަޝްވަރާކޮށް ޙައްލެއްހޯދުމަށް، މާލޭގަ ދިރިއުޅޭ ފ.ނިލަންދޫއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޛު މުޙައްމަދު ރަޝީދާ ބައްދަލުކޮށްފިއެވެ. މިބައްދުވުން އޮތީ 2024 އޮގަސްޓް 12 ވަނަ ދުވަހު ފެނަކައިގެ މެއިން ބްރާންޗް ގައެވެ. މިބައްދަލުވުމުގައި ރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި، މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަމުންދާ ދަތި އުނދަގޫތަކަށް އަވަސް ޙައްލެއް ހޯދާދިނުމަށް އެދިފައިވެއެވެ.