ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފ. އަތޮޅު ހޮސޕިޓަލްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 18 އޮގަސްޓު ވީ އާދީއްތަ ދުވަހު މެންދުރު 11:50 ގައި ފ. އަތޮޅު ހޮސްޕިޓަލްގައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ފ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު އަރީފް ވިދާޅުވީ ނިލަންދޫ ކައުންސިލުން ކުރިޔަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގައާއި އިޖްތިމާއީ ހަރަކާތްތަކުގައި ހޮސްޕިޓަލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދިހަމައެހެންމެ މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޒުވާނުންނަށް އިސްނަގައިގެން ކުރިޔަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގައި ހޮސްޕިޓަލްގެ ވެރިންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކުރިޔަށް އޮތްތާގައިވެސް މި ނަމޫނާ ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.