އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖްރިބާ ދަތުރުގައި 2024 ސެޕްޓެންބަރު 04 ގައި ނިލަންދޫއަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ މިދަތުރުގައި ނިލަންދޫ ކައުންސިލުން ދެމުންގެންދާ އާއްމު ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމާއި، ނިލަންދޫގައި ހިނގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން ނިލަންދޫގެ މުހިންމު ތަންތަން ވަނީ ޒިޔާރަތްކޮށްފައެވެ. 14 ބޭފުޅުންގެ މައްޗަށް އެކުލެވޭ ގޮތަށް ނިލަންދޫގައަށް ކުރި މި ދަތުރުގެ އިސްބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ އެކައުންސިލްގެ ނައިބުރައީސް ޢަލީ އާދަމެވެ.