ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމް ނިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާ ހައްވާ އަބްދުލް ޢަޒީޒެވެ. މި ޕުރޮގްރާމްގެ ދަށުން އެ ސަރަހައްދުގައި ޖުމްލަ 117 ރުއް އިންދާފައިވާއިރު ގިނަ އަދަދަކަށް މެލޭޝިޔާ ރުއްވެސް އިންދާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
















