ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

އަންހެނުންގެ ތަރަޤީއަށް މަސައްކަތްކުރާ ކޮމެޓީ

ތަޢާރަފް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އޮތުމުގެ ބޭނުމަށްޓަކައި، ޤާނޫނު ނަމްބަރު: 7/2010 ”އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ ދަށުން އުފައްދާފައިވާ ކޮމެޓީތަކެކެވެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސްއޫލިއްޔަތާއި ބާރުތައް:
  1. ރަށު ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުން.
  2. ރަށުގެ ނުވަތަ ސިޓީގައި އިންސާނީ ޙައްޤުތައް ރައްކައުތެރިކުރުމަށް މަސައްކަތްކުރުން.
  3. ރަށު ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  4. ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
  5. މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
  6. އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  7. އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
  8. އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހިންގުން:
  1. މި ކޮމެޓީ ހިންގަނީ މިކޮމެޓީ ނިސްބަތްވާ ރަށު ކައުންސިލްގެ ލަފާގެމަތިން މި ކޮމެޓީން އެކުލަވާލާފައިވާ ގަވައިދާ އެއްގޮތަށެވެ.
  2. މި ކޮމެޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި، ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމުތައް ހަމަޖައްސާނީ މި ކޮމެޓީ ނިސްބަތްވާ ރަށުކައުންސިލުންނެވެ.
  3. މި ކޮމެޓީގެ މެމްބަރުންގެ އެލަވަންސާއި ހިންގުމުގެ ޚަރަދާއި އެހެނިހެން ޚަރަދު ޤާނޫނުގައިވާ ގޮތުގެމަތިން މިކޮމެޓީ ނިސްބަތްވާ ރަށުކައުންސިލްގެ ބަޖެޓުގެތެރެއިން ހަމަޖައްސައިދިނުމަކީ ރަށުކައުންސިލުގެ ޒިންމާއެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016