ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫ

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދުއަކީ އަތޮޅުގެ އެންމެދެކުނަށް އޮންނަ ފ.އަތޮޅުގެ ވެރިކަންކުރާރަށެވެ. ރަށުގެ އާބަދީއަކީ 2378 މީހުންނެވެ. މިރަށާއި ރާއްޖޭގެ ވެރިކަންކުރާރަށް މާލެއާދެމެދު ހުންނަނީ 77 މޭލެވެ. ރަށުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 70 ހެކްޓަރު ހުންނައިރު ރަށުގެ ދިގުމިނަކީ 5,200 ފޫޓެވެ. ފުޅާމިނަކީ 4,700 ފޫޓެވެ. މިއީ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ. 

1212 ފިރިހެނުންނާއި 1161 އަންހެނުން ދިރިއުޅޭ، މިރަށު ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަންގި ވިނުމާއި، ހޮޓާ ރެސްޓޯރެންޓް ކެފޭ ހިންގުމާއި، ރީޓެއިލް ވިޔަފާރީގެ އިތުރުން އެކިއެކި އެހެނިހެން ޢާއްމު ވިޔަފާރިތަކާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. އަދި ގެސްޓްހައުސް ވިޔަފާރިއަކީ މިއަދު މިރަށުގައި އަލަށް ކުރިއަރަމުންދާ ވިޔަފާރިއެކެވެ.

މިރަށުގައި ޤުރުއާން ކިޔަވައިދޭ އެދުރުގެތަކާއި ޓިއުޝަން ކުލާސްތައް ހިންގައެވެ. އަދި ދިވެހިބޭސްކުރާ ފަރުދުންވެސް ތިބެއެވެ.

މިރަށުގެ އިރު އުތުރު ސަރަޙައްދުގައި 250×400 ފޫޓުގެ ބަނދަރެއް ހަދާފައި އޮވެއެވެ. އަދި މި ބަނދަރާ ގުޅުވައިގެން 300×400 ފޫޓް އިތުރުކޮށް 100ފޫޓް ފުޅާމިނުގެ މުދާބާލާ ޖެޓީއެއް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

2019 މޭ 22 ވަނަ ދުވަހާއި ހަމައަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދެމުންގެންދިޔައީ  ރައްޔިތުންގެ ނަމުގައި މިކައުންސިލުންނެވެ. ނަމަވެސް އެތާރީޚުން ފެށިގެން އެޚިދުމަތްތައް ދިނުންވަނީ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފައެވެ.

މިރަށުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ތެލުގެ ވިޔަފާރިއާއި ދަތުރުވެރިންގެ ފަސޭހައަށް ބަނދަރުން ވަޅުފެނާއި ވާރޭފެން ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާނީ މި އިދާރާއިންނެވެ.  

ޢާއްމުކޮށް ރަށްރަށުގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން މިރަށުގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ތެރޭގައި އަތޮޅު ކައުންސިލާއި ފ. އަތޮޅު ޕޮލިސް ސްޓޭޝަނާއި، ފ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާއި، ފ. ނިލަންދޫ ފަޔަރ ސްޓޭޝަނާއި، މީރާގެ ކަލެކްޝަން ސެންޓަރާއި، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި ފެނަކަ ފ. ނިލަންދޫ ބްރާންޗް ހިމެނެއެވެ.  

ކުޅިވަރުކުޅޭ ތަންތަނުގެ ތެރޭގައި ފުޓްބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑަކާއި ބަށިކޯޓަކާއި 2 ވޮލީ ކޯޓު ހުރެއެވެ.

ނިލަންދޫ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ، އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ޝާއިޢުކޮށްފައިވާ ދިވެހިރާއްޖޭގެ ޗާޓުގައި ފ. އަތޮޅުގެ ސަރަޙައްދު ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން ނިލަންދޫގެ ފަޅު ހިމެނޭ ސަރަހައްދެވެ. ތިރީގައި އެވަނީ ފ. ނިލަންދޫ ސަރަޙައްދު އެނގޭނޭ ޗާޓެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016