ކައުންސިލް އެސިސްޓެންޓް އަލީ އިބްރާހިމް ވަޒީފާއިން މުސްކުޅި ކުރުން.
ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުސްކުޅި ކުރަން ޖެހެއެވެ. މިގޮތުން އުމުރުން 65 އަހަރު ވުމުން ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. ފ.ނިލަންދޫ ކައުންސިލްގައި ކައުންސިލް އެސިސްޓެންޓްގެ މަޤާމުގައި 03 އަހަރާއި 07 މަހާއި 26 ދުވަސް ޚިދުމަތް ކުރުމަށް ފަހު ، ފ.ނިލަންދޫ ހިޔަލީގެ އަލީ އިބްރާހިމް (އައްޔު) ވަޒީފާއިން ރިޓަޔަރ ކޮށްފައިވަނީ 2025 ނޮވެންބަރު 11 ވަނަދުވަހުއެވެ. އިސްމާޢިލް ނަސީމް މައިގަނޑުކޮށް ކޮށްފައިވަނީ ކައުންސިލްގެ ކުނިނެގުމުގެ މަސައްކަތެވެ. ފޫހިކަމެއްނެތި ގިނަދުވަސްތަކެއް ކައުންސިލަށް އެކި އެކި އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާތީ ކައުންސިލްގެ ހުރިހައި މުވައްޒަފުން ވަނީ އައްޔު އަށް ޝުކުރު އަދާކޮށްފައެވެ.
