މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016
ފޮޓޯ އަލްބަމް

ކައުންސިލް އެސިސްޓެންޓް އިސްމާޢިލް ނަޝީމް ވަޒީފާއިން މުސްކުޅިކުރުން.

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުސްކުޅި ކުރަން ޖެހެއެވެ. މިގޮތުން އުމުރުން 65 އަހަރު ވުމުން ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. ފ.ނިލަންދޫ ކައުންސިލްގައި ކައުންސިލް އެސިސްޓެންޓްގެ މަޤާމުގައި 03 އަހަރާއި 02 މަހާއި 18 ދުވަސް ޚިދުމަތް ކުރުމަށް ފަހު ، ފ.ނިލަންދޫ ފެހިގެ އިސްމާޢިލް ނަސީމް ވަޒީފާއިން ރިޓަޔަރ ކޮށްފައިވަނީ 2025 އޮކްޓޫބަރު 17 ވަނަދުވަހުއެވެ. އިސްމާޢިލް ނަސީމް މައިގަނޑުކޮށް ކޮށްފައިވަނީ ކައުންސިލްގެ ކުނިނެގުމުގެ މަސައްކަތެވެ. ފޫހިކަމެއްނެތި ގިނަދުވަސްތަކެއް ކައުންސިލަށް އެކި އެކި އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާތީ ކައުނސިލްގެ ހުރިހައި މުވައްޒަފުން ވަނީ ނަސީމް އަށް ޝުކުރު އަދާކޮށްފައެވެ.