މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016
އިޢުލާން

އިސްލާމިކް ޔުނިވަރސިޓީގެ ގޮފި ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ބިމުގައިހުރި ރުއްގަހުގެ މަޢުލޫމާތު ހޯދުން

ނަންބަރު: (IUL)374-C/374/2026/39

އިޢުލާން

އިސްލާމިކު ޔުނިވަރސިޓީގެ ގޮތްޕެއް ޤާއިމު ކުރުމަށްޓަކައި ބޭންކު އޮފް މޯލްޑިވްސް ނިލަންދޫ ބުރާންޗް ގެ ކުރިމަތިން އަމީނީ މަގާއި ޒިޔާރަތްމަގާއި ދެމެދު އޮތް "ރުއްކޮށީ" ގައި ހުރި ރުއްގަހުގައި މިހާރުވާނީ ނޫކުލައިގެ ސްޕުރޭއިން 01- 59 އާއި ދެމެދު ނަންބަރު ޖަހާފައެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ އެއްޗެއްކަން އެނގޭނޭ ގޮތަށް 2026 އޮގަސްޓް  31  ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި އިސްވެދެންނެވި ތަކެތީގެ މައުލޫމާތު ނުލިބޭ ރުއްގަހާއި ވެރިފަރާތުގެ މައުލޫމާތު ލިބިފައިހުރި ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިޔަށް ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

03 ރަބީޢުލްއައްވަލު 1448

16  އޮގަސްޓް   2026