މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016
އިޢުލާން

އިޢުލާން

2026 ވަނައަހަރު ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފުކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން، 18 އަހަރުން މަތީގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 2026 ވަނައަހަރަށް ކަނޑައަޅާފައިވާ ފައިސާ، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝައުޤުވެރިވާ  ޢުމުރުން  18 އަހަރުން މަތީގެ އަންހެނުން " މިއިދާރާއިން ދޫކުރާ  2026 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ފެށިގެން މެންދުރުފަހު 13:00 އަށެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ރަޖަބު 1447

21  ޑިސެންބަރު 2025