ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ރަމަޟާން މަހުގެ 2 ވަނަ ދީނީ ދަރުސް – ނަފްސު އިޞްލާޙުކުރުން

މިއަހަރުގެ ރަމަޟާން މަހުގެ 02 ވަނަ ދީނީ ދަރުސް މިދިޔަ ހުކުރު ދުވަހު އަޞްރު ނަމާދަށްފަހު ފ. ނިލަންދޫ ތަޙާލުފި މިސްކިތުގައި ކުރިއަށް ގެންގޮއްސިއެވެ. މިފަހަރުގެ ދަރުހުގެ މައުލޫޢު އަކީ ނަފްސް އިޞްލާޙުކުރުމެވެ. ދަރުސް ދެއްވީ އައްޝައިހް އަޙްމަދު ނިޔާޒު ޙަސަން އެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ގުޅިގެން ނިލަންދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ދީނީ ރޫޙު އަށަގެންނެވުމާއި ދީނީ ކަންކަންކަމަށް ލޯބިޖެއްސެވުމަށް ތަފާތު ޕްރޮގްރާމްތައް ކައުންސިލުން ހިންގައެވެ.

ދީނީ ދަރުސް – ނަމާދުގެ މުހިއްމުކަން ، ޑރ. މޫސާ އަންވަރު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުސާ އަންވަރު ފ.ނިލަންދޫ ތާޙާލުފި މިސްކިތުގައި ހުކުރު ދުވަހު އަޞްރު ނަމާދަށްފަހު ދަރުހެއް ކުރިއަށް ގެންގޮއްސިއެވެ. ފ. ނިލަންދޫގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވި މި ދަރުހުގައި މައިގަނޑު ގޮތެއްގައި ދަރުސްދެއްވީ ނަމާދުގެ މުހިންމުކަމާއި ގުޅޭގޮތުންނެވެ.

މިއަހަރުގެ ރަމަޟާންމަހު ކައުންސލްގެ ފަރާތުން އިސްނަގައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން އިތުރު 03 ދަރުހެއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަ ޖެހިފައެވެ.

ފެބުރުވަރީމަހު ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 ގެ  105 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަނަ އަހަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއިން ހިންގި ޙަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓާއި މާލީ ބަޔާން ރައްޔިންނާއި ހިއްސާކުރުމަށް ނިލަންދޫ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮއްސިއެވެ. ފެބްރުއަރީ 08 ވީ އާދީއްތަ ދުވަހުގެ ރޭ 08:30 ފ.އަތޮޅު ހޮސްޕިޓަލުގެ ހޯލުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި 2025 ވަނަ އަހަރުގައި ކައުންސިލުން ހިންގާފައިވާ ހަރާކާތްތަކުގެ ރިޕޯޓް އަދި މާލީ ބަޔާން ހިއްސާކުރުމުގެ އިތުރުން  ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުނަތަކާއި ސުވާލުތަށް ހިއްސާކުރުމަށް ރައްޔިތުންނަށްވަނީ ފުރުސަތުދީފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލްގެ ފަރާތުންވަނީ ޖަވާބުދާރީވެފައެވެ.

ނިލަންދޫތަރި 1447 ޤުރުއާން މުބާރާތުގައި ވާދަކުރާ 15 ބައިވެރިން އިޢުލާންކޮށްފި

ފެބްރުއަރީ 5 ވީ ބުރާސްފަތި ދުވަހުގެ ރޭ ގޮމަވަތީގައި ކުރިއަށް ދިޔަ މި ހަފްލާގައި މުބާރާތުގައި ވާދަކުރާ 15 ބައިވެރިނާއި ގޯލްޑަން ޓިކެޓު ހަވާކުރުމުގެ އިތުރުން މުބާރާތުގައި ފަނޑިޔާރުކަން ކުރަން ހަމަޖައްސާފައިވާ ފަރާތްތަކާއި، ބައިވަރިންނަށް ޓްރެއިންގްތައް ދިނުމަށް ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ފަރާތްތަކާއި، މުބާރާތް ހޯސްޓް ކުރަން ހަމަ ޖައްސާފައިވާ ފަރާތުގެ އިތުރުން މުބާރާތުގެ މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖައްސާފައި ފަރާތާއިއެކު ކައުންސިލުންވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުން ކުރިއަށް ގެންގޮއްސައެވެ.

މިއަހަރުގެ މުބާރާތުގެ ފަޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރަން ހަމެޖެހިފައިވާ ފަރާތްތަކަކީ

  1. މުޙައްމަދު އިސްމާޢީލް / ގްރީންހެވަން
  2. ޢަބްދުލްޤާދިރު މޫސާ / ބަހާރުގެ
  3. އިސްމާޢީލް ޢުމަރު / ހަނދުވަރީވިލާ އަދި
  4. ޢަބްދުއްލަތީފު މުޙައްމަދު/ މުޝްތަރީގެ

މިއަހަރުގެ މުބާރާތުގައި ބައިވެރިންނަށް ބޭނުންވާ ޓްރެއިންގ ދިނުމަށް ޓްރެއިނަރުގެން ގޮތުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ފަރާތްތަކަކީ

  1. ޢަބްދުލްމަޖީދު މުޙައްމަދު / ފޭރުމާގެ
  2. ޢަބްދުﷲ އަޙްމަދު / ޖަވާހިރުމާގެ
  3. އާމިނަތު އިސްމާޢީލް / ފަތިސް

މިއަހަރުގެ މުބާރާތްވެސް ހޯސްޓްކޮށްދިނުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން މުބާރާތްތައްވެސް ހޯސްޓްކޮށްދީފައިވައިވާ މި އިދާރާގެ ކުރީގެ ސެކެޓްރީ ޖެނެރަލް ފ. ނިލަންދޫ، އައްސޭރި ، އަޙްމަދު އަރީފުއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފ. ނިލަންދޫ ހަވޭލި ސްޓޫޑިއޯއެވެ.

މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ރެހެންދި ސުކޫލުގެ ޤުރުއާން ލީޑިންގ ޓީޗަރު ފ. ނިލަންދޫ ބިއްދޮށުގޭ ޞަފިއްޔާ އަޙްމަދެވެ.

1447 ވަނަ އަހަރުގެ ”ނިލަންދޫ ތަރި“ ޤުރުއާން މުބާރާތުގެ އޯޑިޝަން ކުރިއަށް ގެންގޮއްސި.

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުރިއަށްދިޔަ މި އޯޑިޝަނުގައި ޖުމްލަ 16 ފަރާތަކުން ބައިވެރިވިއެވެ. އޯޑިޝަނުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވީ މިއަހަރުގެ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގައި ވެސް ފަނޑިޔާރުކަން ކުރަން ހަމަ ޖެހިފައިވާ

  • އަލްޤާރީ މުޙައްމަދު އިސްމާއީލް / ގްރީންހެވަން
  • އަލްޤާރީ ޢަބްދުލްޤާދިރު މޫސާ / ބަހާރުގެ
  • އަލްއުސްތާޛު އިސްމާޢީލް ޢުމަރު / ހަނދުވަރީވިލާ އަދި
  • އަލްޤާރީ ޢަބްދުއްލަޠީފް މުޙައްމަދު / މުޝްތަރީގެއެވެ.

މި މުބާރާތުގައި ވާދަކުރާނެ 15 ބައިވެރިން އިޢުލާން ކުމުގެ ހަފްލާ އޮންނާނީ 05 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ ގޮމަވަތ ހޯލު ގައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް 21 ފަރާތަކުން ފޯމް ހުށައެޅުނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ މި އަހަރުގެ އޯޑިޝަނުގައި ބައިވެރިވީ 16 ފަރާތަކުންނެވެ. ނިލަންދޫ ތަރި ޤުރުއާން މުބާރާތަކީ ނިލަންދޫ ކައުންސިލުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

ތަދުރީސުލްޤުރުއާން، ފ. ނިލަންދޫ އާއި މިކައުންސިލާއި ގުޅިގެން ނިލަންދޫގެ ޚަޠީބުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސި

ތަދުރީސުލްޤުރުއާން، ފ. ނިލަންދޫ އާއި މިކައުންސިލާއި ގުޅިގެން ނިލަންދޫގެ ޚަޠީބުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. މި ޕްރޮގްރާމް ކުރިއަށްދިޔައީ 17 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރޭ ފ. ނިލަންދޫ ކައުންސިލް ކޮންފަރެންސް ހޯލުގައެވެ. މި ޕްރޮގަރާމް ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އަލްޤާރީ ޙުސައިން ތަޢުފީޤު ޢަބްދުއްރަޙްމާނެވެ.

މި ޕްރޮގުރާމުގައި މައިގަނޑު ގޮތެއްގައި ސޫރަތުލް ފާތިޙާ ކިޔެވުމުގައި އާންމުގޮތެއްގައި މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ މުދިމުން ސަމާލުކަންދޭންވީ ކަންކަމާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން ޙުސައިން ތަޢުފީޤު މަޢުލޫމާތު ދެއްވިއެވެ. އަދި އާންމު ގޮތެއްގައި މުދިމުން ކިޔެވުމުގައި ހެދޭ ގޯސްތައް ފާހަގަކޮށް އެކަންކަން ރަނގަޅުކުރާނޭގޮތްތައް ބައިވެރިންނަށް ބުނެދެއްވިއެވެ.

ނިލަންދޫގެ ޚަތީބުންގެ ތެރެއިން 12 ފަރާތެއް މި ޕްރޮގްރާމުގައި ބައިވެރިވިއެވެ.

ނިލަންދޫ ތަރި 1447 ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކީ މިފަހަރުވެސް ދާއިރާގެ އިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާ.

ނިލަންދޫ ތަރި ޤުރުއާން މުބާރާތް 1447 ގެ މިފަހަރުގެ ވެސް ޓައިޓަލް ސްޕޮންސާއަކީ ފ. ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާއެވެ. ވޭތުވެ ދިޔަ 1446  ވަނަ އަހަރުގެ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރ އަކީ ހަމަ ފާޠިމަތު ސަޢުދާއެވެ.

ނިލަންދޫ ކައުންސިލްގެ ފަރާތުން ނިލަންދޫ ކައުންސިލްގެ ރައިސް ޢަލީ އަޙްމަދު ވަނީ، ފ. ނިލަންދޫއަކީ މުޅި ރާއްޖޭގައިވެސް ޤުރުއާނުގެ ޢިލްމުގައި ފާހަގަކޮށްލެވޭ ދިވެހިރާއްޖެއަށް ޚިދުމަތްތެރި ދަރިންތަކެއް ތިބި ރަށަކަށް ވީހިނދު، ނިލަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި އިސްލާމީ ވަޙްދަތު ފުޅާކުރުމަށް އެކަމަނާ ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

ނިލަންދޫ ތަރި ޤުރުއާން މުބާރާތަކީ ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގައި އެންމެ އިސްކަމެއްދީގެން ރަށުގައި ކުރިއަށްގެންދާ އެއް ހަރަކާތެވެ. މި މުބާރާތަކީ އަންޒަމާނުއްސުރެ ފ. ނިލަންދުއަކީ ކީރިތި ޤްރުއާނަށް ލޯބިކުރާ ގިނަ އަދަދެއްގެ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވުމުން، ޤްރުޢާނުގެ އިލްމު ދިރުވައި އާލާކުރުމުގެ މާތް މަޤްސަދުގައި ފ. ނިލަންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކޮންމެއަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ބާއްވާ ޤުރްއާން މުބާރާތެކެވެ.

ހިއްކި ސަރަހައްދު ޕާކު ވަށައިގެން 31 ގަސް އިންދައިފި

2026 ވަނަ އަހަރުގައި ނިލަންދޫ ކައުންސިލުން، މިއަހަރުގެ ގަސް އިންދުމުގެ ފުރަތަމަ ހަރަކާތް 06 ޖަނަވަރީ 2026 ވަނައަށް ވީ އަންގާރަ ދުވަހު ހަވީރު ކުރިއަށް ގެންގޮއްސިއެވެ. މި ހަރަކާތުގައި ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖުމްލަ 31 ގަސް އިންދާ ގަސް ހިމާޔަތް ކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި ގަސްއިންދާފައިވާނީ ނިލަންދޫ ކައުންސިލުން މީހުން ދިރިއުޅުމަށް އަލަށް ގޯތި ދޫކޮށްފައިވާ ހިއްކި ސަރަހައްދުގައި އޮންނަ ޕާކުގެ ވަށައެވެ.  އަލަށް އާބާދުވާ ހިސާބުތަކުގައި ހިޔާ ލިބޭ ބޮޑެތިގަސްތައް އިންދުމަކީ ކައުންސިލުން ވަރަށް ބޮޑު އަޙައްމިއްޔަތު ކަމެއް ދޭކަމެކެވެ.

”ނިލަންދޫ ކައުންސިލް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕް“ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

މޯލްޑިވްސް ޕެރަ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ފ.ނިލަންދޫ ކައުންސިލާއި ބައްދަލުކޮށް 2026 ވަނަ އަހަރު ނިލަންދޫގައި ”ނިލަންދޫ ކައުންސިލް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕް“ ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އެކިއެކި ފިޒިކަލް ޑިސްއެބިލިޓީސްތައް ހުންނަ ފަރާތަކަށް ބައިވެރިވެވޭގޮތަށް ޔުނިފައިޑް ޑަބަލްސް ބެޑްމިންޓަން މުބާރާތެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޕެރަ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު މުޙައްމަދު ބައިވެރިވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ އިންޓަނޭޝަލަން ލެވެލްގެ ޕެރަ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިން މި މުބާރާތުގައިވެސް ވާދަކުރާނެކަމުގެ މަޢުލޫމާތު ދެއްވިއެވެ.
މިފަދަ މުބާރާތެއް މިރަށުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، މިހާރުވެސް މިރަށުގެ ދަރިއެއް ކަމަށްވާ ފ. ނިލަންދޫ ވައިލެޓްމާގެ، ޢަބްދުއްލަޠީފް މުޙައްމަދަކީ އިންޓަނޭޝަނަލް ލެވެލްގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތައް ހޯދަމުން އަންނަ ފަރާތެކެވެ. އެގޮތުން 2019 ވަނަ އަހަރު ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދިޔަ ސްޕެޝިއަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކްގެ، ޔުނިފައިޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ދިވެހިރާއްޖެއަށް ލޯ މެޑަލް އެއް ހާސިލްކޮށް ދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން ޕެރަ އޮލިމްޕިކްސްގައިވެސް ލަޠީފްވަނީ ވާދަކޮށްފައެވެ.

ގޯލްޑަން ފުޓްސަލްގައި ބައިވެރިވާ ނިލަންދޫގެ ޓީމަށް ނިލަންދޫ ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގައި ފ. ނިލަންދޫގެ ފަރާތުން ބައިވެރިވާ ފުޓްސަލް ޓީމަށް ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ފައިސާގެ އެހީގެ ގޮތުގައި 25،000 (ފަންސަވީސް ހާސް) ރުފިޔާ ދީފިއެވެ. މި ފައިސާ ކައުންސިލުން ހަވާލު ކުރީ ފ. ނިލަންދޫ ފުޓްސަލް ޓީމު، މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރިޕްރެޒެންޓްކުރާ ފ. ނިލަންދޫ ސްޕަރ ޖެނެރޭޝަން ކްލަބްއާއެވެ. ކުލަބުގެ ފަރާތުން މިފައިސާއާއި ހަވާލުވީ ކުލަބުގެ ހަޒާންދާރު ހަސަން ނާޝިދުއެވެ.

ކުލަބުގެ ފަރާތުން އެސް.ޖީ.ސީގެ ރައީސް،  ވަޖީހު މޫސާވަނީ މިފަދަ ކަންކަމުގައި ނިލަންދޫ ކައުންސިލްގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ނިލަންދޫ ކައުންސިލަށް ފަށްފަށުން ޝުކުރުއަދާކޮށްފައެވެ.

ނިލަންދޫ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންގެ ކުރިއެރުމަށް ތަފާތު ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދެއެވެ. އެގޮތުން މިއަހަރުތެރޭގައި ޒުވާން ފިރިހެނުންނަށް ހާއްސަކޮށް ފުޓްސަލް މުބާރާތެއް އަދި އަންހެނުންނަށް ހާއްސަކޮށް ހޭންޑްބޯޅަ މުބާރާތެއްވެސްވަނީ ނިލަންދޫ ކައުންސިލްގެ ފަރާތުން ނިލަންދޫގައި ފުރަތަމަ ފަހަރަށްވަނީ ކުރިއަށް ގެންގޮއްސައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016