ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ނިލަންދޫގައި ހުންނަ ފ. އަތޮޅު ސްޓޭޓް ހައުސް ގޯތިން، ސްޓޭޓްހައުސްއަށް ބޭނުންވާ ބިން ވަކިކުރުމަށްފަހު ބާކީ އޮތް ބައިގާ ގެސްޓްހައުސް ވިޔަފާރިކުރުމަށް ފ. އަތޮޅު ކައުންސިލް އިދާރާއިން ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކޮށްފައިވާ ބިން ނިލަންދޫ ރައްޔިތުންނަށް މާލީ މަންފާ ލިބޭގޮތަށް އެބިން ހޯދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކާބެހޭގޮތުންނާއި ނިލަންދޫ ކައުންސިލް މިހާރު ހިންގަމުން ގެންދާ ޢިމާރާތުގެ ޖާގައިގެ ދަތިކަންހުރިގޮތުންނާއި ޢިމާރާތް މަރާމާތު ކުރެވޭ ވަރަށްވުރެ ޙާލަތު ދަށްވެފައިވާތީ، މިއަހަރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގައި ހިމެނޭ ނިލަންދޫ ކައުންސިލްގެ އާ ޢިމާރާތުގެ މަސައްކަތް ފެއްޓުމާބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އިތުރުން އެމިނިސްޓްރީގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.
ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވަޒީރާ ބައްދަލުކޮށްފި







