ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ސުޕަރ ޖެނެރޭޝަން ކްލަބުގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދީފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ސުޕަރ ޖެނެރޭޝަން ކުލަބްގެ  ފަރާތުން ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 2024 އޮގަސްޓު 17 ވީ ހޮނިހިރު ދުވަހުގެ ރޭ އަލަނާސި ކެފޭ އެންޑް ބިސްޓްރޯގައެވެ.

މި ފަރިއްކޮޅުގައި ޓީމްގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެފައިވެއެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކާފައިވަނީ މިދިޔަ އަހަރު ފ. އަތޮޅު ވޮލީ މުބާރާތުގެ 02 ޓީމްގެ މެނޭޖަރުކަން އަދާކޮއްފާވާ އަދި ސުޕަރ ޖެނެރޭޝަން ކުލަބްގެ ރައީސް ވަޖީހު މޫސާއެވެ. ވަޖީހުގެ ވާހަކައިގައި 02 ޓީމަކީވެސް މޮޅުޓީމްތަކެއްކަމާޢި، ކުޅުންތެރިންގެ ހުނަރާއިމެދު ޝައްކުނުކުރާކަމަށް ފާހަގަކުރި އެވެ. މީގެއިތުރުން 02 ޓީމުގެ ކުޅުންތެރިންގެ ހިތްވަރަށް ތަޢުރީފުކުރަމުން އަދި އިތުރަށް ރަށް ފަޚުރުވެރިވާފަދަ މޮޅުކުޅުމެއް ދެއްކުމަށް އެދި ހިތްވަރުދީފައިވައެވެ.

 

މި ހަފްލާގައި ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ސުޕަރ ޖެނެރޭޝަން ކުލަބްއަކީ އަބަދުވެސް ރިވެތި ނަމޫނާ ދައްކަވަމުން އަންނަ ކުލަބެއްކަމުގައާއި ކުރިޔަށްއޮތްތާގައިވެސް މި ނަމޫނާ ފެނިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ކުލަބުގެ މެންބަރުންނާއި އިސް ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން ނިލަންދޫ ކައުންސިލުން އިސްނަގައިގެން އާސާރީ ސަރަހައްދުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން 2024 އޮގަސްޓު 17 ވީ ހޮނިހިރު ދުވަހު ވަނީ ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މި  ހަރަކާތުގައި ކައުންސިލް މެންބަރުންނާއި، އިދާރީ އިސްވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިހަރަކާތުގެ ތެރެއިން އާސާރީ ސަރަހައްދުގެ އެކި ދިމަ ދިމާގައި ޖުމްލަ 71 ގަސް ވަނީ އިންދާފައެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފެނަކަ ފ. ނިލަންދޫ ބްރާންޗްގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދީފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ ފ. ނިލަންދޫ ބްރާންޗްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 2024 އޮގަސްޓު 19 ވީ ހޯމަ ދުވަހު މެންދުރު 11:50 ގައި ފެނަކައިގައެވެ.

މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ފެނަކަ ފ ނިލަންދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ ރަނިއްޔާ ނަޞީރު ވިދާޅުވީ ނިލަންދޫ ކައުންސިލުން ކުރިޔަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގައާއި އިޖްތިމާއީ ހަރަކާތްތަކުގައި މި ބްރާންޗުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލީބޭނެކަމަށާއި 02 ޓީމް ގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރަށް ތައުރީފު ކުރައްވައި ކުރިޔަށް އޮތް މެޗްތަކުގައިވެސް އެކަން ފެނިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދިހަމައެހެންމެ މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޒުވާނުންނަށް އިސްނަގައިގެން ކުރިޔަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގައި ފެނަކައިގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކުރިޔަށް އޮތްތާގައިވެސް މި ނަމޫނާ ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދީފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފ. އަތޮޅު ހޮސޕިޓަލްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 18 އޮގަސްޓު ވީ އާދީއްތަ ދުވަހު މެންދުރު 11:50 ގައި ފ. އަތޮޅު ހޮސްޕިޓަލްގައެވެ.

މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ފ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު އަރީފް ވިދާޅުވީ ނިލަންދޫ ކައުންސިލުން ކުރިޔަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގައާއި އިޖްތިމާއީ ހަރަކާތްތަކުގައި ހޮސްޕިޓަލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދިހަމައެހެންމެ މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޒުވާނުންނަށް އިސްނަގައިގެން ކުރިޔަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގައި ހޮސްޕިޓަލްގެ ވެރިންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކުރިޔަށް އޮތްތާގައިވެސް މި ނަމޫނާ ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދެއްވައިފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 2024 އޮގަސްޓު 15 ވީ ބުރާސްފަތި ދުވަހު މެންދުރު 11:50 ގައިފ.ނިލަންދޫކައުންސިލްގައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ  02 ޓީމް ގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރަށް ތައުރީފު ކުރައްވައި ކުރިޔަށް އޮތް މެޗްތަކުގައިވެސްކުޅިނިލަންދޫފަޚުރުވެރިކޮށްދިނުމަށެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ 20 އަހަރުން ދަށުގެ ދިވެހިރާއްޖޭގެ ޤައުމީ ޓީމުގައި ނިލަންދޫގެ ދަރިއެއް.

2024 އޮގަސްޓް 18 އިން 28 އަށް ނޭޕާލްގައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ފ. ނިލަންދޫ މޯނިންގްސަން ޙަސަން ރާއިދު ހިމެނިއްޖެއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުން އޯލެވެލް ނިންމުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤައުމީ ޚިދުމަތާ ގުޅިވަޑައިގެން އުޅުއްވާ ޙަސަން ރާއިދަކީ ފ. ނިލަންދޫ މޯނިންގސަން އަޙްމަދު ޢަލީއާއި ޝަމްސުންނިސާ މުޙައްމަދުގެ އެންމެ ހަގު ދަރިފުޅެވެ. އެންމެ ތުއްތު އިރުއްސުރެވެސް ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިކަން ހުންނަ ޙަސަން ރާއިދު ފުޓްބޯޅަ ދަނޑުތަކުގައި އަންނަނީ ޑިފެންޑަރެއްގެ މަޤާމް އަދާކުރަމުންނެވެ. ޙަސަން ރާއިދުގެ ތަޢުލީމީ ޙަޔާތް ކުރިއަށްގެންދިޔައިރުގައި ނިލަންދޫ ތަމްސީލުކުރުމަށް ބޭއްވި އެކި މުބާރާތްތަކުގައި ބައިވެރިވެފައިވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުމަށްފަހުގައި ޕޮލިސް ތަމްސީލުކުރާ އެކި މުބާރާތްތަކުގައިވެސް ގެންދަނީ ބައިވެރިވަމުންނެވެ. އަދި މީގެ ކުރިންވެސް ޙަސަން ރާއިދުވަނީ 17 އަހަރުން ދަށުގެ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ހިމެނި ރަގަޅު ކުޅުމެއް ދައްކާފައެވެ.

ހައުސްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެންޕިއަން ތަައްޓާއި ޚަސަން ރާއިދުޙަވާލުވަނީ – ފޮޓޯ ފޭސްބުކް

 

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދީފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ މިއަދުގެ މެންދުރު 11:50 ގައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައެވެ. މިއަދުގައި ބޭއްވި މި ފަރިއްކޮޅުގައި ނިލަންދޫގެ ޓީމުތައް ކުޅޭ ގުރޫޕް ސްޓޭޖްގެ މެޗްތަކުގައި ބޭނުންކުރުމަށް 08 ކޭސް ފެންވެސް ވަނީ ޓީމުތަކަށް ހަދިޔާކޮށްފައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔައުޤޫބު ވިދާޅުވީ ނިލަންދޫއަށް ރީތިނަން ހޯދައި ދިނުމަށް އަބަދުވެސް ވޮލީޓީމުގެ ފަރާތުން ހިތްވަރާއެކު މަސައްކަތްކުރުމަށް އެދޭކަމުގައެވެ. އަދި މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ނިލަންދޫ ޕޮލިސް ސްޓޭޝަނަކީ މުޅިއަތޮޅުގެ މަސްލަޙަތާ ގުޅިފައިވާ ތަނެއްކަމަށާއި އެހެންނަމަވެސް މިއަދުގައި އޮންނަ ވޮލީ މެޗްތަކުގައި ނިލަންދޫ ވޮލީ ޓީމަށް ހިތްވަރު ދިނުމަށް އަމިއްލަ އިސްނެންގެވުމާ އެކު ކުރިއަށް ގެންދިޔަ މި ޙަރަކާތް ކުޅުންތެރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭކަމުގައެވެ. އަދި މިފަދަ ކަންކަމުގައި ޕޮލިސް ސްޓޭޝަންގެ ފަރާތުން ދައްކަމުންގެންދާ ރިވެތި ނަމޫނާއަށްޓަކައި، ޕޮލިސް ސްޓޭޝަންގެ ވެރީންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް އަވަސް ޙައްލެއް ހޯދުމަށް މަޝްވަރާކޮށްފި

ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށް ޙައްލެއްހޯދުމަށް، މާލޭގަ ދިރިއުޅޭ ފ.ނިލަންދޫއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޛު މުޙައްމަދު ރަޝީދާ ބައްދަލުކޮށްފިއެވެ. މިބައްދުވުން އޮތީ 2024 އޮގަސްޓް 12 ވަނަ ދުވަހު ފެނަކައިގެ މެއިން ބްރާންޗް ގައެވެ. މިބައްދަލުވުމުގައި ރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި، މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަމުންދާ ދަތި އުނދަގޫތަކަށް އަވަސް ޙައްލެއް ހޯދާދިނުމަށް އެދިފައިވެއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ ނިލަންދޫއަށް ވަޑައިގެންފި

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ ފ. އަތޮޅުގެ ދަނޑުވެރި ރަށްރަކަށް ކުރައްވާ ޒިޔާރާތުގެ ތެރެއިން އިއްޔަގެ ވަގުތެއްގައި ފ. ނިލަންދޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި  މިއަދުގެ ވަގުތެއްގައި ފ. ނިލަންދޫ ކައުންސިލާއި ބައްދަލުކުރުމާއި، ފ. ނިލަންދޫގައި ދަނޑުވެރިކަންކުރާ ދަނޑުބިންތައްކަށް ޒިޔާރަތްކުރުމާއި އަދި ސަރުކާރުން ފަށާގައިވާ 5 މިލިއަން ގަސްއިންދުމުގެ ޕްރޮގުރާމުގެ ދަށުން ރަށުގެ ހުޅަނގުފަރާތު ހިސްކި ބިމުގައި ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ދިފާއީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން ނިލަންދޫއަށް ވަޑައިގެންފި

ދިފާއީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން މިއަދުގެ ވަގުތެއްގައި ފ. ނިލަންދޫއަށް ވަޑައިގެން، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އިބްރާހިމް ހިލްމީ ގެ އިތުރުން ދިފާއީ ވުޒާރާގެ ބައެއް އިސްބާފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. ވަޒީރު އޮނަރަބަލް ޣައްސާން މަޢުމޫން ނިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ދާއިރާތަކުގެ ވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ނިލަންދޫގައި ޤައުމީ ދިފާއީބާރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާތައްކުރައްވާފައިވެއެެވެ. މީގެއިތުރުން، މިވަގުތު ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ނަރުދަމާ ނިޒާމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކުގައި ދަންނަވައި ޙައްލެއް ހޯދައިދިނުމަށް މިނިސްޓަރގެ އަރިހުން އެދިފައިވެއެވެ. އަދި ރަށުގައި ކުރިޔަށްދާ ތަރައްޤީގެ އެހެނިހެން މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދިޔުމުގައި އެހީތެރިވެދިނުމަށް މިނިސްޓަރގެ އަރިހުގައި ދެންނެވިފައިވެއެވެ.

މިބައްދަލުވުމުގައި ދިފާއީ ވަޒީރު ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ނަރުދަމާގެ ތަކުލީފު ފިލުވާދެއްވުމަށް، ކަމާއި ގުޅުންހުރި ދާއިރާތަކުގައި ދަންނަވައި ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ނިލަންދޫއަކީ ސަރަޙައްދުގެ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އެމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައިވެއެވެ.

 

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016