ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމުގެ ތަމްރީނު ޕްރޮގްރާމެއްގައި މިކައުންސިލުން ބައިވެރިވެއްޖެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ޔޫ. އެން. ޑީ. ޕީ މޯލްޑްވިސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް ގުޅިގެން ލާމަރިކަޒީ ނިޒާމު ހިންގުމުގައި ހުރި ދަތިތަކާއި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، ދުނިޔޭގެ އެހެން ގައުމުތަކުން މިނިޒާމާގުޅޭ ތަޖުރިބާ ހޯދައި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް، ލާމަރިކަޒީ ނިޒާމު ހަރުދަނާގޮތެއްގައި ހިންގަމުންދާ ޕިލިޕީންސްގައި ބާއްވާ  ތަމްރީނު ޕްރޮގްރާމެއްގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ. މިޕްރޮގްރާމްގައި މިކައުންސިލް ތަމްސީލު ކޮށްދީފައިވަނީ ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހިމް އެވެ.

މި ޕޮރޮގްރާމްގައި ، ކައުންސިލްގެ ނިންމުންތަށް ނިންމުމުގައި ޕިލިޕީންސްގައި ގެންގުޅޭ އުޞޫލުތަކާއި، ކަންކަން ނިންމުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ގެންގުޅޭ ބެސްޓް ޕްރެކްޓިސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

 

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭއްވުނު ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ ދާއިރާއިން އިތުރު ހުނަރާއި ތަޖުރިބާ ލިބި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވުމަށް މުހިންމު ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

”ކެޕޭސިޓީ ބިލްޑިންގް އެންޑް ޓްރެއިނިންގް އޮފް މެމްބާރސް އޮފް ލޮކަލް ކައުންސިލް އެންޑް ވިމެން ޑިވެލޮޕްމެންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ “ 8 ވަނަ ބެޗްގެ ތަމްރީނު ޕްރޮގްރާމެއްގައި މިކައުންސިލުން ބައިވެރިވެއްޖެ.

“ ލޯކަލް ކައުންސިލްތަކާއި އަދި ލޮކަލް ގަވާރމަންޓް އޮތޯރިޓީގެ ފަންނީ ޤާބިލްކަން ކުރިއަރުވައި ހުނަރު ތަރައްޤީކުރުމުގެ މަޤުސަދުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވޮލޮޕްމެންޓް އެންޑް ޕަންޗަޔާތީ ރާގް އާއި ގުޅިގެން 2025 ފެބްރުވަރީ 09 ފެށިގެން 24 ގެ ނިޔަލަށް އިންޑިޔާގެ ހައިދަރއާބާދުގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ގައި މިކައުންސިލްގެ ކައުންސިލް މެމްބަރ އަޙްމަދު ޝިޔާމް ބައިވެރި ވެއްޖެއެވެ.

މި ޕޮރޮގްރާމްގައި ، މުނިސިޕަލް ސާރވިސްއާއި ގުޅުންހުރި ކަންކަން ޙައްލުކުރުމުގައި ކަންކުރަންވީ ގޮތްތަކާއި، ސަރުކާރުގެ އިދާރާކަން ހެދހިދާނެ އުސޫލުތަކާއި ސްޓްރެޓެޖީސް ބައިވެރިންނަށް ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތްތެރި، ޤާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް އުފެއްދުމައްޓަކައި މިފަދަ ފުރުޞަތުތައް އެފަދަ މުވައްޒަފުންނަށް ހޯދައިދިނުމަކީ މިކައުންސިލުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ކަމެއްކަން ފާހަގަކޮއްލަމެވެ

ފ. ނިލަންދޫ ނަރުދަމާއަށް އަވަސް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށް ފެނަކައާއި ބައްދަލުކުރައްވައިފި.

ފ.ނިލަންދޫ ނަރުދަމާ އަށް ދިމާވެފައި މައްސަލަތަށް ޙައްލުކުރުމަށްޓަކައި ފ. ނިލަންދޫ ކައުންސިލުން ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ 2025 ޖަނަވަރީ 30 ވަނަ ދުވަހު ފެނަކަ މެއިންބްރާންޗް ގައެވެ.

ނިލަންދޫ ނަރުދަމާއަށް ދިމާވެފައިވާ ދުވަސްވީ މައްސަލައަސް އަށް ޙައްލެއްހޯދުމަށް ނިލަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީގެ ކުރިންވެސް އެތަށް ފަހަރަކު ފެނަކަ އާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވެއެވެ. މިބައްދަލުވުމުގައި ނިލަންދޫ ނަރުދަމާގެ މިހާރުގެ ޙާލަތަށް އަލިއަޅުވާލައި، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުން އުފުލަމުންދާ ތަކުލީފަށް އަވަސް ޙައްލެއް ހޯދައި ދިނުމަށް އެދިފައިވެއެވެ. ކައުންސިލްގެ ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދޭނެ ކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ދެއްވާފައެވެ. އަދި 2025 ޖަނަވަރީ 31 ވަނަ ދުވަހު ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ބޭނުން ވާ ޕަންޕް ތަށް ވަނީ ނިލަންދުއަށް ފޮނުވާދެއްވާފައެވެ.

މި ޕަންޕްތަށް އިންސްޓޯލް ކުރުމުގެ ސަބަބުން ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެކަމާއި، ދާއިމީ ޙައްލެއް ލިބެންދެން ކައުންސިލުން މިކުރާ މަސައްކަތް ހުށޓާނުލާނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ފ. ނިލަންދޫ ފުޓްސަލް ދަނޑު މަރާމާތު މަސައްކަތާއި ގުޅޭ ގޮތުން މިނިސްޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

ފ. ނިލަންދޫގެ ފުޓްސަލް ދަނޑު މަރާމާތު މަސައްކަތްތަކާއި ގުޅޭ މަޝްވަރާތަކަށް ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި، 2025 ޖަނަވަރީ 30 ވަނަ ދުވަހު ފ.ނިލަންދޫ ކައުންސިލްގެ ރައީސް ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ފުޓުސަލް ދަނޑުގައ ކުރަން ހުރި މަސައްކަތް ތަކާއި، މިހާރު މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި، މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީ ތެރިކަމާއި ގުޅޭ މަޝްވަރާތަށް ކުރެވިފައިވެއެވެ.އަދި ފުޓްސަލް ދަނޑު މަރާމާތުކޮށް ނިންމުމަށް ފަހު ރަމަޟާން މަހުގެ ކުރިން ހުޅުވަން ބޭނުންވާތީ، މިކަމަށް އެއްބާރުލުންދިނުމަށް  ނިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ކައުންސިލްގެ އެދުމާއި އެއްގޮތަށް މިމަސައްކަތް ކުރިއަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފެހި ސިގްނަލް މިނިސްޓްރީގެ ފަރާތުން ވަނީ ލިބިފައެވެ.

ފުޓްސަލް ދަނޑުގެ މާރާމާތު މަސައްކަތަކީ މިހާރުވެސް ބަޔަކާ ހަވާލުކޮށްގެން ކުރިއަށްދާ މުޙިންމުކަމެއް ކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ފ. ނިލަންދޫ ކައުންސިލުން އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑްވްސް އާއި ބައްދަލު ކުރައްވައިފި.

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑްވްސްގެ އިސްވެރިންނާއި، 2025 ޖަނަވަރީ 30 ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑްވްސް ގައި ބޭއްވުނު މިބައްދަލުވުމުގައި އެ ޔުނިވާރސިޓީ އިން ހިންގާ ކޯސްތަށް ނިލަންދޫގައި ހިންގުމާއި އިސްލާމިކް ޔުނިވާރސިޓީގެ ގޮތްޕެއް ނިލަންދޫ ގައި ޤާއިމްކުރުމާއި ގުޅޭ މަޝްވަރާތަށް ކުރެވިފައިވެއެވެ. ކައުންސިލްގެ އެދުމާއި އެއްގޮތަށް މިމަސައްކަތް ކުރިއަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފެހި ސިގްނަލް އިސްލާމިކް ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ވަނީ ދެއްވައިފައެވެ.

ތަޢުލީމީ މުޖުތަމަޢެއް ބިނާކުރުމުގެ މުޙިންމުކަމާއި މިކަމަށް ވަރަށް ޚާއްސަ އަޙައްމިޔަތުކަމެއްދޭކަން ކައުންސިލުން ވަނީ ފާހަގަކޮށްފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016