ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

1447 ވަނައަހަރުގެ ނިލަންދޫތަރިއަށް ހިލޭ އުމްރާ ދަތުރެއް!

ޠަވައްކަލްތު ޙައްޖު އެންޑް އުމްރަ ގްރޫޕްގެ ފަރާތުން 2025 އޮކްޓޫބަރު 10 ގައި ނިލަންދޫއަށް ވަޑައިގެން، ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2025 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުވުމުގައި، މި ގްރޫޕުގެ ފަރާތުން ދޭ ޚިދުމަތް ތަކާބޭހޭ މަޢުލޫމާތު ނިލަންދޫ ކައުންސިލާވަނީ ޙިއްސާ ކޮށްފައެވެ. އަދި ކުރިއަށްއޮތް ތާނގައި ދީނީ އެކި އެކި ޕްރޮގްރާމްތަށް ހިންގުމަށް ކައުންސިލަށް އެކި ގޮތްގޮތުން އެހީ ތެރިވެދެއްވާނެކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް ޠަވައްކަލްތު ޙައްޖު އެންޑް އުމްރަ ގްރޫޕްގެ ފަރާތުން ވަނީ ދެއްވާފައެވެ. ވަކިން ޚާއްސަކޮށް ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ނިލަންދޫ ތަރި ޤްރުޢާން މުބާރާތުގެ 01 ވަނަ އަށް އުމްރާ ދަތުރެއް ދެއްވާނެކަމަށް މި ގުރޫޕުގެ ފަރާތުން އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވަނީ ވިދާޅުވެފައެވެ. ނިލަންދޫ ތަރި ޤްރުޢާން މުބާރާތަކީ ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ ކައުންސިލުން އެންމެ އިސްކަމެއް އަދި މުޙިންމުކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތެވެ. އަހަރަކަށްވެރެ އަހަރެއް ފެންވަރު ރަނގަޅަށް ކުރިއަށް ގެންދާ މި މުބާރަތުގެ ފަޚްރުވެރި ނިލަންދޫ ތަރިއަށް މިފަދަ އަގުހުރި އިނާމެއް ހުށަހެޅުމަކީ މުބާރާތުގެ ފެންވަރު އިތުރަށް ފުރިހަމަވާނެ ކަމެއް ކަމުގައި ކައުންސިލުން ފާހަގަ ކުރިއެވެ. މީގެ އިތުރުން މި ގްރޫޕުގެ ފަރާތުން ނިލަންދޫއިން އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓް ރޭޓުތަކެއް ހެދުމުގެ ވިސްނުން ގްރޫޕުގެ ފަރާތުން ގެންގުޅޭކަމީ، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ އަދި މިކައުންސިލުން މަރުޙަބާ ކިޔާ ކަމެއްކަމުގައި ކައުންސިލްގެ ރައީސް އަލީ އަޙްމަދު ފާހަގަކުރެއްވިއެވެ.

ދީނީ ދަރުސް – ”މަރުގެ ހަޤީގަތް ”

2025 އޮކްޓޫބަރު 09 ވަނަ ދުވަހުގެ އިޝާ ނަމާދަށްފަހުގައި ފ.ނިލަންދޫ ތަހާލުފި މިސްކިތުގައި ދީނީ ދަރުސް ޕްރޮގްރަމެއްވަނީ ކުރިޔަށް ގެންދެވިފައެވެ. މި ދަރުސް ދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމެވެ. އަދި  ދަރުސް ދެއްވާފައިވަނީ ”މަރުގެ ހަޤީގަތް“ މި މައުޟޫއަށެވެ.

މިފަދަ ޕްރޮގަރާމްތަށް ކުރިޔަށް ގެންދިޔުމަކީ ނިލަންދޫ ކައުންސިލުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެކެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަޤަސަދަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދިނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ލޯބި އުފެއްދުމާއި އަދި ހަމަ އެހެންމެ ދީނީ ސައްޙަ މައުލޫމަތު ފޯރުކޮއްދިނުމެވެ.  ކުރިޔަށް އޮތްތާގައިވެސް މިފަދަ ޕްރޮގްރާމްތަށް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ފ. ނިލަންދޫ އެއަރޕޯޓް ސާރވޭ ކުރުމަށް މޯލްޑްވިސް އެއާރޕޯޓްސް ކޮމްޕެނީގެ ފަރާތުން ޓީމެއް ނިލަންދޫއަށް ޒިޔާރަތްކޮށްފި.

ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސެޕްޓެންބަރ މަހު 20 ވަނަ ދުވަހު ފ.ނިލަންދޫ އަށް ކުރި ދަތުރުގައި 30 މަސްދުވަސްތެރޭގައި ފ.ނިލަންދޫ އެއަރޕޯތްގެ މަސައްކަތް ނިންމުމަށް ވަނީ މޯލްޑްވްސް އެއާރޕޯޓް ކޮމްޕެނީއާއި ޙަވާލުކޮށްފައެވެ. އެހެންކަމުން އެއާރޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމަށް އެ ކޮމްޕެނީގެ ޓީމް ފ. ނިލަންދުއަށް ޒިޔާރަތްކޮށްފައިވަނީ 2025 އޮކްޓޫބަރު 08 ވަނަދުވަހުއެވެ. ޓީމްގެ ފަރާތުން މަޢުލޫމާތު ލިބުނުގޮތުގައި މިދަތުރުގައި، މިހާރު އެމްޓީސީސީ އާއި ޙަވާލުކޮށްފައިވާ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގޮސްފައިވާ ހިސާބާއި، ބިންހިއްކަމުންދަނީ ރަނގަޅު މިސްރާބައްކަން ކަށަވަރުކުރުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ބަލާފައިވެއެވެ.

ފ.ނިލަންދޫގެ އެއާރޕޯޓަކީ، ނިލަންދޫ ރައްޔިތުން އެތަށް އައުމީދެއް ކުރަމުންއަންނަ މުޙިންމު މަސައްކަތެކެވެ. ރައްޔިތުންގެ އުންމީދަކީ އަވަސް މުއްދަތެއްގައި މަސައްކަތްނިމި ޚިދުމަތްލިބެންފެށުމެވެ.

ހިއްކި ސަރަހައްދުގައި އިންދުމަށް ބޭނުންވާ ގަސް މުޑުވަން ކުރުން.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ރިޔާސީ ވައުދެއްކަމުގައިވާ ފަސް މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިރަށުގެ ހިއްކި ސަރަހައްދުގައި ގަސް އިންދުމަށް ބޭނުންވާ ގަސް މުޑުވައް ކުރުމުގެ މަސައްކަތް، 2025 އޮކްޓޫބަރ 07 ވީ އަންގާރަ ދުވަހު ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ވަނީ ކޮށްފައެވެ.

އެގޮތުން، 132 ގަސް ވަނީ މުޑުވަށްކޮށްފައެވެ. މުޑުވައް ކުރި ގަސްތަކުގެ ތެރޭގައި މޫނިމާ ގަސް، މަދޮށިގަސް ފަދަ ބާވަތްތައް ހިމެނެއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

ފ.ނިލަންދޫ ކައުންސިލުން، 2025ވަނަ އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކޮށްފި!

5 އޮކްޓޯބަރ 2025ވަނަ ދުވަހު ފ.ނިލަންދޫ ގޮމަވަތި ހޯލުގައި ފާހަގަކުރި މި ހަރަކާތުގައި، ކައުންސިލްގެ ފަރާތުން ސުކޫލުގެ މުދައްރިސުންނަށާއި އެހެނިހެން މުވައްޒަފުންނަށް ކުޑަ ހަދިޔާއަކާއި އެއްކޮން މެންދުރުގު ފަރިއްކޮޅެއް ދީފައެވެ.

ޓީޗަރުންނާއި  މުޙާތަބުކޮށް ކައުންސިލްގެ ރައީސް، ޢަލީ އަޙްމަދު، ވަނީ އެދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކޮށް އަދި އެބޭފުޅުންގެ ބުރަމަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ދުވަހެއްގައި ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ ކައުންސިލަށް ލިބޭ އުފަލެއްކަމުގައި ފާހަގަކޮށްފައެވެ.

ޓީޗަރުންނާއި މުޚާތަބުކޮށް ސްކޫލުގެ ޕްރިންސިޕަލް ޢަބުދުﷲ އަޙްމަދު  ދެއްކިވާހަކަފުޅުގައި ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން އަންނަ ފަރާތްތައް ކަމަށާއި، ދަރިވަރުން ދެކޭ ހުވަފެންތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެނީ ޓީޗަރުން ކަމަށް ފާހަގަ ކުރިވިއެވެ.

މުދައްރިސުންގެ ދުވަހަކީ ކޮންމެ އަހަރަކު އޮކްޓޯބަރ 5 ވަނަ ދުވަހެވެ. މިދުވަސް ނިލަންދޫ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން ކޮންމެ އަހަރެއްގައިވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކެރެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016