ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ތަދުރީސުލްޤުރުއާން، ފ. ނިލަންދޫ އާއި މިކައުންސިލާއި ގުޅިގެން ނިލަންދޫގެ ޚަޠީބުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސި

ތަދުރީސުލްޤުރުއާން، ފ. ނިލަންދޫ އާއި މިކައުންސިލާއި ގުޅިގެން ނިލަންދޫގެ ޚަޠީބުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. މި ޕްރޮގްރާމް ކުރިއަށްދިޔައީ 17 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރޭ ފ. ނިލަންދޫ ކައުންސިލް ކޮންފަރެންސް ހޯލުގައެވެ. މި ޕްރޮގަރާމް ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އަލްޤާރީ ޙުސައިން ތަޢުފީޤު ޢަބްދުއްރަޙްމާނެވެ.

މި ޕްރޮގުރާމުގައި މައިގަނޑު ގޮތެއްގައި ސޫރަތުލް ފާތިޙާ ކިޔެވުމުގައި އާންމުގޮތެއްގައި މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ މުދިމުން ސަމާލުކަންދޭންވީ ކަންކަމާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން ޙުސައިން ތަޢުފީޤު މަޢުލޫމާތު ދެއްވިއެވެ. އަދި އާންމު ގޮތެއްގައި މުދިމުން ކިޔެވުމުގައި ހެދޭ ގޯސްތައް ފާހަގަކޮށް އެކަންކަން ރަނގަޅުކުރާނޭގޮތްތައް ބައިވެރިންނަށް ބުނެދެއްވިއެވެ.

ނިލަންދޫގެ ޚަތީބުންގެ ތެރެއިން 12 ފަރާތެއް މި ޕްރޮގްރާމުގައި ބައިވެރިވިއެވެ.

ނިލަންދޫ ތަރި 1447 ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކީ މިފަހަރުވެސް ދާއިރާގެ އިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާ.

ނިލަންދޫ ތަރި ޤުރުއާން މުބާރާތް 1447 ގެ މިފަހަރުގެ ވެސް ޓައިޓަލް ސްޕޮންސާއަކީ ފ. ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާއެވެ. ވޭތުވެ ދިޔަ 1446  ވަނަ އަހަރުގެ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރ އަކީ ހަމަ ފާޠިމަތު ސަޢުދާއެވެ.

ނިލަންދޫ ކައުންސިލްގެ ފަރާތުން ނިލަންދޫ ކައުންސިލްގެ ރައިސް ޢަލީ އަޙްމަދު ވަނީ، ފ. ނިލަންދޫއަކީ މުޅި ރާއްޖޭގައިވެސް ޤުރުއާނުގެ ޢިލްމުގައި ފާހަގަކޮށްލެވޭ ދިވެހިރާއްޖެއަށް ޚިދުމަތްތެރި ދަރިންތަކެއް ތިބި ރަށަކަށް ވީހިނދު، ނިލަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި އިސްލާމީ ވަޙްދަތު ފުޅާކުރުމަށް އެކަމަނާ ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

ނިލަންދޫ ތަރި ޤުރުއާން މުބާރާތަކީ ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގައި އެންމެ އިސްކަމެއްދީގެން ރަށުގައި ކުރިއަށްގެންދާ އެއް ހަރަކާތެވެ. މި މުބާރާތަކީ އަންޒަމާނުއްސުރެ ފ. ނިލަންދުއަކީ ކީރިތި ޤްރުއާނަށް ލޯބިކުރާ ގިނަ އަދަދެއްގެ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވުމުން، ޤްރުޢާނުގެ އިލްމު ދިރުވައި އާލާކުރުމުގެ މާތް މަޤްސަދުގައި ފ. ނިލަންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކޮންމެއަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ބާއްވާ ޤުރްއާން މުބާރާތެކެވެ.

ހިއްކި ސަރަހައްދު ޕާކު ވަށައިގެން 31 ގަސް އިންދައިފި

2026 ވަނަ އަހަރުގައި ނިލަންދޫ ކައުންސިލުން، މިއަހަރުގެ ގަސް އިންދުމުގެ ފުރަތަމަ ހަރަކާތް 06 ޖަނަވަރީ 2026 ވަނައަށް ވީ އަންގާރަ ދުވަހު ހަވީރު ކުރިއަށް ގެންގޮއްސިއެވެ. މި ހަރަކާތުގައި ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖުމްލަ 31 ގަސް އިންދާ ގަސް ހިމާޔަތް ކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި ގަސްއިންދާފައިވާނީ ނިލަންދޫ ކައުންސިލުން މީހުން ދިރިއުޅުމަށް އަލަށް ގޯތި ދޫކޮށްފައިވާ ހިއްކި ސަރަހައްދުގައި އޮންނަ ޕާކުގެ ވަށައެވެ.  އަލަށް އާބާދުވާ ހިސާބުތަކުގައި ހިޔާ ލިބޭ ބޮޑެތިގަސްތައް އިންދުމަކީ ކައުންސިލުން ވަރަށް ބޮޑު އަޙައްމިއްޔަތު ކަމެއް ދޭކަމެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016