ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ދީނީ ދަރުސް – ނަމާދުގެ މުހިއްމުކަން ، ޑރ. މޫސާ އަންވަރު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުސާ އަންވަރު ފ.ނިލަންދޫ ތާޙާލުފި މިސްކިތުގައި ހުކުރު ދުވަހު އަޞްރު ނަމާދަށްފަހު ދަރުހެއް ކުރިއަށް ގެންގޮއްސިއެވެ. ފ. ނިލަންދޫގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވި މި ދަރުހުގައި މައިގަނޑު ގޮތެއްގައި ދަރުސްދެއްވީ ނަމާދުގެ މުހިންމުކަމާއި ގުޅޭގޮތުންނެވެ.

މިއަހަރުގެ ރަމަޟާންމަހު ކައުންސލްގެ ފަރާތުން އިސްނަގައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން އިތުރު 03 ދަރުހެއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަ ޖެހިފައެވެ.

ފެބުރުވަރީމަހު ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 ގެ  105 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަނަ އަހަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއިން ހިންގި ޙަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓާއި މާލީ ބަޔާން ރައްޔިންނާއި ހިއްސާކުރުމަށް ނިލަންދޫ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮއްސިއެވެ. ފެބްރުއަރީ 08 ވީ އާދީއްތަ ދުވަހުގެ ރޭ 08:30 ފ.އަތޮޅު ހޮސްޕިޓަލުގެ ހޯލުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި 2025 ވަނަ އަހަރުގައި ކައުންސިލުން ހިންގާފައިވާ ހަރާކާތްތަކުގެ ރިޕޯޓް އަދި މާލީ ބަޔާން ހިއްސާކުރުމުގެ އިތުރުން  ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުނަތަކާއި ސުވާލުތަށް ހިއްސާކުރުމަށް ރައްޔިތުންނަށްވަނީ ފުރުސަތުދީފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލްގެ ފަރާތުންވަނީ ޖަވާބުދާރީވެފައެވެ.

ނިލަންދޫތަރި 1447 ޤުރުއާން މުބާރާތުގައި ވާދަކުރާ 15 ބައިވެރިން އިޢުލާންކޮށްފި

ފެބްރުއަރީ 5 ވީ ބުރާސްފަތި ދުވަހުގެ ރޭ ގޮމަވަތީގައި ކުރިއަށް ދިޔަ މި ހަފްލާގައި މުބާރާތުގައި ވާދަކުރާ 15 ބައިވެރިނާއި ގޯލްޑަން ޓިކެޓު ހަވާކުރުމުގެ އިތުރުން މުބާރާތުގައި ފަނޑިޔާރުކަން ކުރަން ހަމަޖައްސާފައިވާ ފަރާތްތަކާއި، ބައިވަރިންނަށް ޓްރެއިންގްތައް ދިނުމަށް ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ފަރާތްތަކާއި، މުބާރާތް ހޯސްޓް ކުރަން ހަމަ ޖައްސާފައިވާ ފަރާތުގެ އިތުރުން މުބާރާތުގެ މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖައްސާފައި ފަރާތާއިއެކު ކައުންސިލުންވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުން ކުރިއަށް ގެންގޮއްސައެވެ.

މިއަހަރުގެ މުބާރާތުގެ ފަޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރަން ހަމެޖެހިފައިވާ ފަރާތްތަކަކީ

  1. މުޙައްމަދު އިސްމާޢީލް / ގްރީންހެވަން
  2. ޢަބްދުލްޤާދިރު މޫސާ / ބަހާރުގެ
  3. އިސްމާޢީލް ޢުމަރު / ހަނދުވަރީވިލާ އަދި
  4. ޢަބްދުއްލަތީފު މުޙައްމަދު/ މުޝްތަރީގެ

މިއަހަރުގެ މުބާރާތުގައި ބައިވެރިންނަށް ބޭނުންވާ ޓްރެއިންގ ދިނުމަށް ޓްރެއިނަރުގެން ގޮތުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ފަރާތްތަކަކީ

  1. ޢަބްދުލްމަޖީދު މުޙައްމަދު / ފޭރުމާގެ
  2. ޢަބްދުﷲ އަޙްމަދު / ޖަވާހިރުމާގެ
  3. އާމިނަތު އިސްމާޢީލް / ފަތިސް

މިއަހަރުގެ މުބާރާތްވެސް ހޯސްޓްކޮށްދިނުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން މުބާރާތްތައްވެސް ހޯސްޓްކޮށްދީފައިވައިވާ މި އިދާރާގެ ކުރީގެ ސެކެޓްރީ ޖެނެރަލް ފ. ނިލަންދޫ، އައްސޭރި ، އަޙްމަދު އަރީފުއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފ. ނިލަންދޫ ހަވޭލި ސްޓޫޑިއޯއެވެ.

މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ރެހެންދި ސުކޫލުގެ ޤުރުއާން ލީޑިންގ ޓީޗަރު ފ. ނިލަންދޫ ބިއްދޮށުގޭ ޞަފިއްޔާ އަޙްމަދެވެ.

1447 ވަނަ އަހަރުގެ ”ނިލަންދޫ ތަރި“ ޤުރުއާން މުބާރާތުގެ އޯޑިޝަން ކުރިއަށް ގެންގޮއްސި.

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުރިއަށްދިޔަ މި އޯޑިޝަނުގައި ޖުމްލަ 16 ފަރާތަކުން ބައިވެރިވިއެވެ. އޯޑިޝަނުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވީ މިއަހަރުގެ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގައި ވެސް ފަނޑިޔާރުކަން ކުރަން ހަމަ ޖެހިފައިވާ

  • އަލްޤާރީ މުޙައްމަދު އިސްމާއީލް / ގްރީންހެވަން
  • އަލްޤާރީ ޢަބްދުލްޤާދިރު މޫސާ / ބަހާރުގެ
  • އަލްއުސްތާޛު އިސްމާޢީލް ޢުމަރު / ހަނދުވަރީވިލާ އަދި
  • އަލްޤާރީ ޢަބްދުއްލަޠީފް މުޙައްމަދު / މުޝްތަރީގެއެވެ.

މި މުބާރާތުގައި ވާދަކުރާނެ 15 ބައިވެރިން އިޢުލާން ކުމުގެ ހަފްލާ އޮންނާނީ 05 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ ގޮމަވަތ ހޯލު ގައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް 21 ފަރާތަކުން ފޯމް ހުށައެޅުނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ މި އަހަރުގެ އޯޑިޝަނުގައި ބައިވެރިވީ 16 ފަރާތަކުންނެވެ. ނިލަންދޫ ތަރި ޤުރުއާން މުބާރާތަކީ ނިލަންދޫ ކައުންސިލުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016