ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް 16ރ އަށް

ފ. ނިލަންދޫ ކައުންސިލުން ހިންގަމުންދާ އައްޑަނަ ތެޔޮ ފިހާރައިން ވިއްކާ ޕެޓްރޯލުގެ އަގު އަނެއްކާވެސް ހެއުކޮށްފިއެވެ. މިއަދުން ފަށައިގެން އައްޑަނަ ފިހާރައިން ޕެޓްރޯލު ލީޓަރަކުން 50 ލާރި އަގުހެޔޮވާނެއެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ލިބެންހުރީ 16.50 ރުފިޔާއަށެވެ. އެހެން ނަމަވެސް، ޕެޓްރޯލްއަގުތައް ރިވައިޒް ކުރުމަށް ފަހު، ކައުންސިލުން ވަނީ ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު ހެޔޮކޮށްފައެވެ. އެގޮތުން، މިހާރު އައްޑަނަ ފިހާރައިން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 16.00 ރުފިޔާގައެވެ.

 

އެންމެފަހުން ޕެޓްރޯލް ލީޓަރެއްގެ އަގު ހެޔޮ ކުރީ މިދިޔަ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުގައެވެ. އެ ފަހަރުވެސް، ލީޓަރަކުން 50  ލާރި އަގުހެޔޮ ކުރިއެވެ.

އޮފީސް ގޭމްސް – ފުޓްސަލްގެ ޗެމްޕިއަންކަން ފ. ނިލަންދޫ ކައުންސިލަށް

ފ. އަތޮޅު ކައުންސިލްގެ ކްލަބް، ފޭސާރ އިން ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ގޭމްސް – ފުޓްސަލްގެ ޗެމްޕިއަންކަން ފ. ނިލަންދޫ ކައުންސިލްގެ ޓީމުން ހޯދައިފިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި، 28 ޑިސެންބަރު 2025 ވީ ބުރާސްފަތި ދުވަހުގެ ރޭ، ފ. ނިލަންދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗުގައި ފ. ނިލަންދޫ ކައުންސިލްގެ ޓީމާއި ދެކޮޅަށް ކުޅުނީ ނިލަންދޫ ޕޮލިސް އަދި ފ. ފެމިލީ ސާވިސް ސެންޓަރުގެ ކޮމްބައިން ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފުރިހަމަ ވަގުތު ހަމަވި އިރު ނިމުނީ 2-2ކުން ދެ ޓީމް އެއްވަރުވެގެންނެވެ. ނިލަންދޫ ކައުންސިލްގެ 02 ލަނޑު ޖަހައިދިނީ އަޙްމަދު ސާޖިދު އަދި އަޙްމަދު ރިޒުވާން އިސްމާއީލްއެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން 7-6 ސްކޯއަކުން ޕޮލިސް ކޮމްބައިން ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ކައުންސިލް ޓީމުގެ ރިޒުވާނެވެ. މުޅި މުބާރާތުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ކައުންސިލް ޓީމުގެ ފާރޫޤު އިސްމާއީލްއެވެ. މުޅި މުބާރާތުން އެންމެ މޮޅު 05 ކުޅުންތެރިންނަށް ހޮވުނީ ކޮމްބައިން ޓީމުގެ އާދިލް ޢަލީ އާއި ޕޮލިސް ކޮމްބައިން ޓީމުގެ މުޙައްމަދު ޚަލީލު އަދި ނިލަންދޫ ކައުންސިލް ޓީމުގެ 03 ކުޅުންތެރިން ކަމުގައިވާ ފާރޫޤު އިސްމާޢީލް، އަޙްމަދު ޢަލީ އަދި ގޯލް ކީޕަރު ޢަލީ ޞަބާޙު އެވެ. މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ކައުންސިލް ޓީމުގެ ފާރޫޤު އިސްމާއީލްއެވެ.

ތަޙާލުފި މިސްކިތުގެ ގޯތިތެރޭ ރުއް އިންދުން

ފ. ނިލަންދޫ ކައުންސިލްގެ މުވައްޒަފުން 12 ޑިސެމްބަރ 2025 ވީ ހުކުރު ދުވަހު، ހެނދުނު މަސްޖިދުއްތަޙާލުފި މިސްކިތު ގޯތި ތެރޭ ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. މިގޮތުން މެލޭޝިއާ ރުކުގެ 53 ރުއް މިސްކިތުގެ ގޯތީގެ އެކި ހިސާބުތަކުގައި އިންދާފައިވެއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅަށް ވާއިރު، މި ވަޢުދުފުޅުގައި ޙަޤީޤީ ކުލަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ނިލަންދޫ ކައުންސިލްގެ ފަރާތުންވެސް ދަނީ ކުރަމުންނެވެ. މިގޮތުން ގަސް އިންދުމުގެ ތަފާތު އެތަކެއް ޕްރޮގްރާމެއް މިއަހަރުތެރޭގައިވެސް ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ފަންނަ މައިޒާނުގައި ”ފަންނަ ލައިބްރަރީ“ ގެ ނަމުގައި މިނީ ލައިބްރަރީއެއް ހުޅުވައިފި

ފ. ނިލަންދޫގެ ފަންނަ މައިޒާނުގައި ”ފަންނަ ލައިބްރަރީ“ ގެ ނަމުގައި މިނީ އައުޓްޑޯރ ލައިބްރަރީއެއް ހުޅުވައިފިއެވެ. މި ލައިބްރަރީ ހުޅުވާދެއްވީ 08 ޑިސެމްބަރ 2025 ވަނައަށް ވީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައި ހައްދުއްމަތީ ކަލައިދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމް އެވެ.

ފަންނަ ލައިބްރަރީއަކީ ފ.ނިލަންދޫ ތަރިވިދާގޭ އަލްމަރުޙޫމާ މަރްޔަމް މޫސާގެ ހަނދާނުގައި 2025 ޑިސެމްބަރު 03 ވަނަ ދުވަހު އޭނާގެ ދަރިކަނބަލުން، ފ. ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ އަންހެން މެމްބަރު އަލްފާޟިލާ ނަޝީދާ ޢަބްދުއްރަޙީމް، ފ.ނިލަންދޫ ކައުންސިލަށް ކޮށްފާއިވާ ހަދިޔާއެކެވެ. މި ލައިބްރަރީއަށް ކައުންސިލް މެމްބަރު ނަޝީދާ ޢަބްދުއްރަޙީމް، ޖުމްލަ 100 ފޮތް ކައުންސިލަށް ހަދިޔާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ލިޔެފައިވާ 60 ފޮތާއި ދިވެހި ބަހުން ލިޔެފައިވާ 40 ފޮތެވެ. މި ފޮތްތަކުގެ ތެރޭގައި ކުޑަ ކުދިން އަދި ބޮޑެތި މީހުންގެ ވާހަކަ ފޮތްތަކާއި ތަފާތު މަޢުލޫމާތު އެކުލެވޭ ފޮތްތައް ހުރިކަން ފާހަގަ ކުރެވެއެވެ.

ކައުންސިލުން އެދެނީ މި ލައިބްރަރީ، ބޭނުންކުރާ ފަރާތްތަކުން ވީހާވެސް ޒިންމާދާރުގޮތެއްގައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތައް މި ލައިބަރަރީ ބޭނުންކުރުމެވެ. މިލަބްރީރަށް ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮތްކަން ފާހަގަކުރަމެވެ.  މިފަދަ ލައިބްރަރީތައް ރަށުގެ މީހުން ޖަމާވެ އުޅޭ ހިސާބުތަކުގައި ބެހެއްޓުމަކީ ކައުންސިލްގެ އަމާޒެކެވެ.

ސްރީލަންކާގެ ހައިކޮމިޝަނަރ މުޙައްމަދު ރިޒްވީ ފ. ނިލަންދުއަށް ވަޑައިންގެންފި

ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނަރ މުޙައްމަދު ރިޒްވީ، 06 ޑިސެމްބަރ 2025 ވަނަ ދުވަހު،  ފ. ނިލަންދުއަށް ވަޑައިން ފ.ނިލަންދޫ ކައުންސިލާއި ރަށުގެ މުޙިއްމު މުއައްޞަސާތަކާއި ބައްދަލުކުރަށްވައިފިއެވެ.

ހައިކޮމިޝަނަރ މިރަށަށް ވަޑައިގަތީ ސްރީލަންކާގެ ސްޕެޝިއަލިސްޓް ޑޮކްޓަރުންގެ ޓީމެއްގެ އެހީގައި މިހިނގާ ޑިސެމްބަރ 22- 23 އަށް ފ.އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހޮސްޕިޓަލުން ތައްޔާރީތައްވަމުން ދަނިކޮށެވެ. މި މެޑިކަލް ކޭމްޕްގައި 7 ޑޮކްޓަރުންނާއި އެކު ޖުމްލަ 15 މީހުން ބައިވެރިވާނެ ކަމަށް މަޢުލޫމާތުލިބެއެވެ.

ކައުންސިލާއި ބައްދަލުކޮށް ދެއްކި ވާހަކަފުޅުގައި ސްރީލަންކާއަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް އަދު ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.

ކައުންސިލާއި ދެމެދު ދެކެވުނު ވާހަކައިގައި މި ރަށުގެ ކައުންސިލްގެ މުވައްޒަފުންނަށް ކުދި ތަމްރީނު ޕްރޮގްރާމްތައް ލަންކާގެ އެކިއެކި އިންސްޓިޓިއުޓްތަކުން ހޯދައިދިނުމުގައި  ހައިކޮމިޝަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އަދި ރަށުގެ މަގުބައްތިތައް ސޯލާ ހަކަތައް ބަދަލުކުރުމަށް ލުއި ގޮތެއް ކައުންސިލަށް ހޯދައިދިނުމަށް ސްރީލަންކާގެ ކުންފުނިތަކާއި މަޝްވަރާކުރާނެކަމަށް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ރަށުގެ ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް އެކިއެކި ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކާއި އަމިއްލައަށް ނަފާހޯދުމަށް އެހީވެދޭނެ ޕްރޮގަރާމްތައް ހިންގުމަށް ސްރީލަންކާއިން އިންސްޓްރަކަޓަރުން ފަސޭހަގޮތަކަށް ނިލަންދޫއަށް ގެނެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

MAHS އިން ފ. އާސާރީ ސަރަޙައްދު ދިރާސާކުރުމާއި ގުޅޭ މަޢުލޫމާތު ކައުންސިލުގެ މުވައްޒަފުންނަށް ދިނުން

މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭ (MAHS)އާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢުގެ ތެރެއިން ފ. ނިލަންދޫގެ އާސާރީ ސަރަޙައްދާއި އާސާރީ މިސްކިތާއި ގުޅޭ ތާރީޚުތަކާއި ގުޅޭ ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް މިރަށަށް ވަޑައިގެންނެވި ޓީމުގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދަވައިފިއެވެ. މިސެޝަނުގައި އެޓީމުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކާއި ހޯދުންތަކައީ، ނިލަންދޫގައި ކުރާނެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރައްވާފައި ވެއެވެ. މިމަޢުލޫމާތުތައް ދެއްވާފައިވަނީ (MAHS) ޓީމުގެ ފަރާތުން ޑައިރެކްޓަރ ޕްރޮފެސަރ އާރ. މައިކަލް ފީނާ އާއި މޯލްޑިވްސް ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެޓިޓޭޖްގެ ޓީމު ލީޑަރ އިބްރާހީމް މުޖާހެވެ.

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ (MAHS) އިން މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑޮނޭޝިއާ، ބްރޫނާއީ، އަދި ވިއެޓްނާމްގައި ހުރި ތާރީޚީ އަދި އާކިއޮލޮޖިކަލް ސައިޓުތައް ސަރވޭ މަސައްކަތްތަކުގެ ތެރެއިން ޑިޖިޓަލްކޮށް ރެކޯޑްކޮށް ބެލެހެއްޓުމަށެވެ. މިތަނުން، އޮންލައިން އަރކައިވްގެ ތެރެއިން ޑޭޓާބޭސް ރެކޯޑުތައް، 3D މޮޑެލްތައް، ފޮޓޯތައް، އިމާރާތްކުރުމުގެ ޕްލޭންތައް (އާކިޓެކްޗަރަލް ޕްލޭންސް)، އަނގަބަހުން ކިޔާދީފައިވާ ތާރީޚީ ވީޑިއޯތައް (އޯރަލް ހިސްޓްރީ ވީޑިއޯސް)، ޑިޖިޓަލައިޒްކުރެވިފައިވާ ލިޔުންތައް (މެނުސްކްރިޕްޓްސް)، އަދި އެހެނިހެން ވަސީލަތްތައް ބަލައި ހޯދަމުން ގެންދެއެވެ.

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާރވޭ (MAHS) އަކީ، އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގައި ކުރިއަށްގެންދާ މޯލްޑިވްސް ހެރިޓޭޖް ސާރވޭ ޕައިލެޓް މަޝްރޫޢުގެ މައްޗަށް ބިނާކޮށް، ދެކުނު އޭޝިއާގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ތާރީޚީ އަދި ގަދީމީ ތަންތަން ޑިޖިޓަލީ ރެކޯޑުކުރުމުގެ މަސައްކަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ސްރީލަންކާ، އިންޑޮނޭޝިއާ، ބުރުނާއީ އަދި ވިއެޓްނާމް ފަދަ ޤައުމުތަކުގައި އާ ސާރވޭ މަސައްކަތްތައް ހިންގަވަމުންދެއެވެ.
ސަތޭކަ ސުވާސަތީ އަހަރުތަކެއް ވަންދެން، ދެކުނު އޭޝިއާގެ ކަނޑުގެ ސަރަޙައްދުގެ މޫސުމީ ވިއްސާރަ ދައުރުތަކުގެ ސަބަބުން، މި ފުޅާ ކަނޑުތަކުގެ އެތެރޭގައި މީހުންނާއި، މުދާތަކާއި، ފިކުރުތައް ބަދަލުކުރުމަށް ފަސޭހަވެފައިވެއެވެ. މިކަމުގެ ސަބަބުން، ތަފާތު ބައިތަކެއްގެ މުއްސަންދި ސަޤާފީ މިޝްރީނެއް އުފެދިފައިވެއެވެ. ނަމަވެސް، މި މުއްސަންދި ތާރީޚާއި ގުޅިފައިވާ އެތައް މުހިންމު ތަންތަނާއި، ބިނާތަކާއި، އަދި ތަކެއްޗަށް ދުވަހުން ދުވަހަށް އަންނަނީ ކުއްލި ނުރައްކަލާ ކުރިމަތިވަމުންނެވެ. އެގޮތުން، ތިމާވެށީގެ ސަބަބުން ދިމާވާ ގުދުރަތީ ކާރިސާތަކުން ކަމަށްވާ، ތޫފާން، ސުނާމީ، ގޮނޑުދޮށް ހަލާކުވުން، ބިމުގެ ލެނބުން، އަދި ކަނޑުގެ ލެވެލް މަތިވުން ހިމެނެއެވެ. މީގެ އިތުރުން، އަވަސް އަދި ނާގާބިލު ތަރައްޤީއާއި ބިނާކުރުމުގެ ސަބަބުންނާއި، ބައެއް ފަހަރު ޤަސްތުގައި ކުރެވޭ ހަލާކުކުރުމުގެ އަމަލުތަކުގެ ސަބަބުންވެސް މި ތަންތަނަށް ނުރައްކާވާކަން ފާހަގަކުރެވެއެވެ.
މި ނުރައްކަލުގެ ހާލަތުގައިވާ ތަރިކަ ރައްކާތެރިކޮށް ޑޮކިއުމެންޓުކުރުމަށްޓަކައި، MAHS ގެ ފީލްޑް ޓީމުތަކުން ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރެއެވެ. މިގޮތުން، ޖީ.ޕީ.އެސް/އާރު.ޓީ.ކޭ (ރިއަލް-ޓައިމް ކައިނެޓިކް) މެޕިންގ، ޑިޖިޓަލް ފޮޓޯގްރަފީ، ވީޑިއޯ، ސީ.އޭ.ޑީ (ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން) ޑްރޯވިންގސް އަދި އައި.އައި.އައި.އެފް (އިންޓަރނޭޝަނަލް އިމޭޖް އިންޓަރއޮޕަރަބިލިޓީ ފްރޭމްވޯކް) ސްޓެންޑަރޑް މެނުސްކްރިޕްޓް ޑިޖިޓައިޒޭޝަން، މީގެ އިތުރުން ވައިގެ މަގުންނާއި ބިމުން ލައިޑަރ ބޭނުންކޮށްގެން، ތާރީޚުޢިލްމުވެރިންނަށާއި، ދިވެހި ރައްޔިތުންނަށާއި، އަދި ތަރިކަ މެނޭޖްމަންޓްގެ ކެނޑިޑޭޓުންނަށް ފައިދާކުރާނެ މުހިންމު ރެކޯޑުތައް އުފައްދައެވެ. މީގެ އިތުރުން، އެހެނިހެން ބައިވެރި މުއައްސަސާތަކާއި ފަރުދުންގެ ފަރާތުން ހިއްސާކުރެވޭ ޑޭޓާ ސެޓްތައްވެސް އެއްގޮތްކޮށް، މި މަޝްރޫޢުގެ ޑޭޓާބޭސް މެދުވެރިކޮށް އެއްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. MAHS އިން އުފައްދާ ހުރިހާ ރެކޯޑުތަކާއި އެހެނިހެން ޑިޖިޓަލް ތަރިކަ މުދާ އޮންލައިންކޮށް މިތަނުން އާންމުންނަށް ފެންނަން ހުންނާނެއެވެ. އަދި މިތަކެތި ކިޔޯޓޯ ޔުނިވަރސިޓީ އާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ލައިބްރަރީ ސިސްޓަމްތަކުގައި ދާއިމީކޮށް ރައްކާކުރެވިފައިވެއެވެ.

ރަށުގެ 04 ސަރަހައްދެއްގައި ހައިވަކަރު ގަސް އިންދުން

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ އަމާޒު ހާސިލްކުރުމަށް މިކައުންސިލުން މިދަނީ ގަސްއިންދުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ތެރެއިން މި ރަށަށް ފޮނުވި 04 ގަސް އިންދުމުގެ މަސައްކަތް 24 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހަވީރު މިކައުންސިލުންވަނީ ކުރިއަށް ގެންގޮއްސައެވެ. މި ގަސްތައް ރަށުގެ 04 ސަރަހައްދެއްގައިވަނީ އިންދާފައެވެ. މި ސަރަހައްދުތަކަކީ

  1. ސަލާމް މިސްކިތުގެ ގޯތި
  2. ތަޙާލުފި މިސްކިތުގެ ގޯތި
  3. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި
  4. ފ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރގެ ގޯތި

ހައިވަކަރު ގަހަކީ ދިވެހި ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ތާރީހުން ހެކި ފެންނަން ހުރި ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ މި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. އަދި މިގަހަކީ ހިޔާ ބޮޑުކޮށް ލިބޭ ބިޔަކޮށް ހެދޭ ގަހެކެވެ.

ފުޓްްބޯޅަ އަދި ފުޓްސަލް ރެފްރީ ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންދިއުން

ފ. ނިލަންދޫ ކައުންސިލް، މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އަދި ފުޓުބޯޅަ އެޝޯސިއޭޝަން އޮފް މޯލްޑިވްސް  ގުޅިގެން ފ. ނިލަންދޫގައި ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮއްސިއެވެ. 10 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މި ކޯސް ކުރިއަށް ދިޔައީ 2025ވަނަ އަހަރުގެ ނޮވެމްބަރ 10 އަކުން 19އަށް ފ. ނިލަންދޫ ގޮމަވަތި ހޯލުގައެވެ.

24 ބައިވެރިންނާއިއެކު ކުރިއަށް ދިޔަ މިކޯހުގައި ފ.ނިލަންދޫގެ އިތުރުން ފ.ދަރަބޫދޫ، ފ.ފީއަލީ، ތ.ދިޔަމިގިލި،  ގދ.ތިނަދޫ، ދ.މީދޫ އަދި މީގެ އިތުރުން ތ.ގުރައިދޫއިން ވެސް ބައިވެރިން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ. މިކޯހުގައި ކިޔަވާދެއްވީ އިންސްޓްރަކްޓަރ މުޙައްމަދު އަނީލް އަދި އިސްމާއީލް އިޒްހާން އެވެ.

ފ.ނިލަންދޫ ކައުންސިލުން ރަށުގައި ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް މިކަހަލަ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ރަށުގައި ކުރިއަށްގެންދިޔުމަށް ވަރަށް ބޮޑު އިސްކަމެއެދެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރ މަހުތެރޭގައިވެސް ވަނީ ހޭންޑްބޯލް ކޯޗިން ކޭމްޕެއް ކުރިއަށް ގެންގޮއްސައެވެ.

“ މާކެޓިންގް އަދި ބްރޭންޑިންގް “ ތަމްރީނު ޕްރޮގްރާމް ނިލަންދޫގައި ކުރިއަށް ގެންގޮސްފި.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި، މޯލްޑްވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގް އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގުޅިގެން ރާއްޖޭގެ ބައެއް މަސްވެރި ރަށްރަށުގައި ހިންގުމަށް ރޭވިފައިވާ “ މާކެޓިންގް އަދި ބްރޭންޑިންގް “ 2025 ނޮވެންބަރު 14 ން 15 ގެ ނިޔަލަށް ފ.ނިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މަހުން އެކި ބާވަތްތަށް ތައްޔާރުކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުފެއްދުންތެރިންނަށް މާކެޓިންގް އާއި ވިޔަފާރީގެ ރޮނގުން މިހާރު އެފަރާތްތަކަށް މަދުވެފައިވާ ހުނަރުތަށް ދަސްކޮށްދިނުމާއި، އެފަރާތްތަކުގެ އުފެއްދުންތަށް މާކެޓަށް ނެރުމުގައި ބްރޭންޑްކޮށް، އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރާނެގޮތް ދަސްކޮށް ދިނުމެވެ.

”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025“ ގައި މިކައުންސިލުން ބައިވެރިވެއްޖެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ

ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމާއި އެމަސައްކަތް ކުރާނެ ގޮތާއި އަދި އެހެނިހެން ކުނި މެނޭޖުކުރުމާއި ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ވަރލްޑް ބޭންކްގެ ހިލޭ އެހީގައި މިނިސްޓްރީން

ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ގެ ދަށުން ލ.ގަމުގައި 2025 ގެ ނޮވެމްބަރު 24 އިން 26 އަށް ބޭއްވުނު ”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025“  ގައި މިކައުންސިލްގެ ކައުންސިލް އޮފިސަރ ސީމާ އިބްރާހިމް ބައިވެރި ވެއްޖެއެވެ.

މި މަހާސިންތާގައި ކުނިމެނޭޖްކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކުރުމާއި، ކުންޏާއި ވަޞީލަތްތަށް މެނޭޖްކުރުމުގެ މާސްޓަރ ޕަލޭން ބައިވެރިންނާއި ޙިއްސާކުރުމާއި، ކުންޏާއި ވަޞީލަތްތަށް މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަށް ދެނެގަނެ ގެނެވިދާނެ ޙައްލުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ކުނިމެނޭޖު ކުރުމުގެ މަސައްކަތަކީ މިކައުންސިލުން ވަރަށް އިސްކަމެއްދީގެން، މީގައި ގިން މުވައްޒަފުންތަކެއް ޝާމިލް ކުރުވައިގެން ކުރުވާ މުޙިއްމު ބުރަ މަސައްކަތެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016