މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016

ފ. ނިލަންދޫގައި ކުރިއަށްގެންދިޔަ 45 ދުވަހުގެ ފިޓްނަސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

ފ. ނިލަންދޫގައި ކުރިއަށްގެންދިޔަ 45 ދުވަހުގެ ފިޓްނަސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

ފ. ނިލަންދޫ ކައުންސިލާއި، ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން 45 ދުވަހުގެ މުއްދަތަށް މި ރަށުގައި ކުރިއަށްގެންދިޔަ ހާއްސަ ފިޓްނަސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު 03 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ ރޭ ގޮމަވަތި ހޯލުގައި ވަނީ ކުރިއަށް ގެންގޮއްސައެވެ.

 

މި ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށާއި، ކަސްރަތު ކުރުމުގެ ރަނގަޅު އާދަތައް އަށަގަންނުވައި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގައި ކުރިއަށްދިޔަ ތަމްރީނުތަކާއި ތިއަރީ ސެޝަންތައް ފުރިހަމަކޮށް، ޖުމްލަ 65 ބައިވެރިއަކު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާފައެވެ. ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި މި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

 

މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދިޔަ ބަރުދަން ލުއިކުރުމުގެ ބައިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން އެއްވަނަ ހޯދާފައިވަނީ ފ. ނިލަންދޫ، ނާރެސް، އައިޝަތު ނަސީރާއެވެ. މި ކެޓަގަރީން ދެވަނަ ފ. ނިލަންދޫ، ތޮނަ، ސުވައިދާ އަލީ ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ފ. ނިލަންދޫ ފޭރުމާގެ، މުނީޒާ އަލީއެވެ.

 

ރަސްމިއްޔާތު ނިންމަވާލައްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އެގޮތުން ޕްރޮގްރާމްގައި ފުލުހުންގެ ފަރާތުން ވެދިން ފުރިހަމަ އެއްބާރުލުމަށް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިސްނަގައިގެން މިފަދަ ބޭނުންތެރި ޕްރޮގްރާމެއް ރާވައި ހިންގައިދިން ކަމަށްޓަކައި ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަށާއި އެ ސެންޓަރުގެ މުވައްޒަފުންނަށް ކައުންސިލްގެ ރައީސް ހާއްސަ ސާމާލުކަމެއް ދެއްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ނިލަންދޫ ރައްޔިތުންގެ ފިޓްނަސް އިތުރުކުރުމަށް ވަރުބަލިކަމެއް މެދުކެނޑުމެއްނެތި ކުރައްވަމުންދާ މަސައްކަތްތަކާއި ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ސީނިއާ ސްޕޯޓްސް ކައުންސެލިންގ އެސިސްޓެންޓް ޒީނަތު އިސްމާއީލަށް ކައުންސިލްގެ ރައީސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އިތުރު ޚަބަރު