މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016

އިހުގެ އެވޭލާ ރަހަތަކާއެކު ނިލަންދޫގައި ކުލަގަދަ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

އިހުގެ އެވޭލާ ރަހަތަކާއެކު ނިލަންދޫގައި ކުލަގަދަ  ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

މިކައުންސިލާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ކުލަގަދަކޮށް  'އެވޭލާ ކާބޯތަކެތީގެ މައުރަޒު 2026' ގެ ނަމުގައި ކާބޯތަކެތީގެ މައުރަޒެއް ކުރިއަށް ގެންގޮއްސިއެވެ. މިއަހަރުގެ މައުރަޒުގެ އެންމެ ބޮޑު މަގުސަދަކީ ދިވެހިންގެ އެވޭލާ ތާރިހީ ކާބޯތަކެއްޗާއި އިހުގެ ރަހަތައް އަންނަން އޮތް ޖީލުތަކަށް އަންގައިދީ، މިއަދުގެ ޒުވާނުންނަށް އަޅުގަނޑުމެންގެ ކާބަފައިން ކައިބޮއި އުޅުނު ތަކެތި އަމަލީގޮތުން ފެނި، އެ ތަކެތީގެ ރަހަ ތަޖުރިބާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ. މި މައުރަޒުގައި ނިލަންދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ޖުމްލަ 4 އިދާރާއަކުން ވަނީ ވަރަށް ފޯރިއާއެކު ބައިވެރިވެ، ތަފާތު ގިނަ ސަގާފީ ކޭންތަކާއި ބާވަތްތައް ތައްޔާރުކޮށް ދައްކާލާފައެވެ. މައުރަޒުގައި ބައިވެރިވި އިދާރާތަކަކީ:

  1. ފ. އަތޮޅު ތަޢުލީމީ މަރުކަޒު،

  2. ސަރުކާރުގެ ޚިދުމާތު މަރުކަޒު - ފާފު އަތޮޅު،

  3. ފ. ނިލަންދޫ ޗިލްޑްރަންސް ސާރވިސް ސެންޓަރ އަދި

  4. ފ. ނިލަންދޫ ކައުންސިލް ޓީމު

މައުރަޒުގައި ބައިވެރިވި ޓީމުތަކުން ތައްޔާރުކުރި ކާބޯތަކެތީގެ ފެންވަރަށާއި، ތަނުގެ ޒީނަތްތެރިކަމަށް ބަލައި ވަނީ ޚާއްޞަ ވަނަތަކެއް ހޮވައި އިނާމު ދީފައެވެ. އެގޮތުން ވަނަތައް ހާސިލްކުރި އިދާރާތަކަކީ:

  • އެންމެ ގިނަ ސަގާފީ ކާބޯތަކެތި ތައްޔާރުކުރި ޓީމު:

އިހުގެ އެވޭލާ ރަހަތަކާއެކު ނިލަންދޫގައި ކުލަގަދަ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

މި ވަނަ ހާސިލްކޮށްފައިވަނީ ފ. ނިލަންދޫ ކައުންސިލް ޓީމުންނެވެ. އެ ޓީމުން ވަނީ ދިވެހިންގެ ސަގާފީ އެކި ތަފާތު 370އަށް ވުރެއް ގިނަ ބާވަތްތަކުގެ ކެއުންތަކާއި ފޮނިކާތަކެތި މައުރަޒަށް ހުށަހަޅާފައެވެ.

  • އެންމެ ފުރިހަމައަށް ޒީނަތްތެރިކުރި އިދާރާ

އިހުގެ އެވޭލާ ރަހަތަކާއެކު ނިލަންދޫގައި ކުލަގަދަ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

މި އެވޯޑު ހާސިލްކުރީ ފ. ނިލަންދޫ ޗިލްޑްރަންސް ސާރވިސް ސެންޓަރުގެ 'ޖެންޑާ ބަދިގެ' ސްޓޯލްއިންނެވެ.

  • އެންމެ ދިވެހިވަންތަ ރަހަލާ  އަދި މީރު ސަގާފީ ކާބޯތަކެތި ތައްޔާރުކުރި އިދާރާ:

އިހުގެ އެވޭލާ ރަހަތަކާއެކު ނިލަންދޫގައި ކުލަގަދަ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

މި ޝަރަފުވެރި ވަނަ ހޯދާފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުންނެވެ. އެ މަރުކަޒުން ތައްޔާރުކުރި ކާބޯތަކެއްޗަކީ ދިވެހިންގެ ކުރީގެ އަސްލު ރަހަތައް އެންމެ ފުރިހަމައަށް އެކުލެވިގެންވީ، ރަހަ މީރު ތަކެތިކަން ފާހަގަކުރެވުނެވެ. މި މައުރަޒު ކުރިއަށް ދިޔަ ވަގުތު، ރަށުގެ ގިނަ އަދަދެއްގެ އާންމުންނާއި ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިން މައުރަޒަށް ޒިޔާރަތްކުރިއެވެ. މައުރަޒުގެ ތެރެއިން ޒުވާނުންނަށް ވަނީ ކުރީގެ ކާބަފައިން ބޭނުންކުރި އެކި ކަހަލަ ފޮނިކާތަކެއްޗާއި، ކޭންތަކާއި، ދިޔާތަކެތި ތައްޔާރުކުރާ ގޮތުގެ މައުލޫމާތު ލިބި، އެ ތަކެތީގެ ރަހަ ބަލާލުމުގެ އަމަލީ ފުރުސަތު ލިބިގެންގޮސްފައެވެ. ފ. ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މިފަދަ އިޖުތިމާއީ އަދި ސަގާފީ ހަރަކާތްތައް ބޭއްވުމަކީ ރަށުގެ އިޖުތިމާއީ ރޫހު އާލާވެ، ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ލިބޭ މުހިންމު ބާރެކެވެ.

އިތުރު ޚަބަރު