މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016

އެލް.ޖީ.އޭ ބޯޑުގެ މެންބަރުކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އިންތިޚާބުވެވަޑައިގެންފި

މަރުހަބާ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގައި ކައުންސިލްތައް ތަމްސީލުކުރައްވާ މެންބަރުކަމަށް ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަޙްމަދު އިންތިޚާބުވެވަޑައިގެންފިއެވެ.

މުޅި ރާއްޖޭގެ ރަށު ކައުންސިލްތަކުގެ މެދުގައި ނެގުނު ވޯޓު ކާމިޔާބުކުރައްވައި ޢަލީ އަޙްމަދު މި މަގާމަށް އިންތިޚާބުވެވަޑައިގަތުމަކީ ފ. ނިލަންދޫއަށާއި މުޅި އަތޮޅަށް ލިބުނު ބޮޑު ފަޚުރެކެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، މިރަށުގައި ރައީސް ކުރައްވަމުންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅު މުޅި ރާއްޖޭގެ ކައުންސިލްތަކުން ބަލައިގަތްކަމުގެ އަލިގަދަ ހެއްކެކެވެ.

މި ކާމިޔާބީއާ ގުޅިގެން ފ. ނިލަންދޫ ކައުންސިލްގެ އިދާރާއިން ވަނީ ރައީސް ޢަލީ އަޙްމަދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. ކައުންސިލްގއެންމެހާ މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި، ރައީސް ހޯއްދެވި މި ފުރިހަމަ ކާމިޔާބީއަށްޓަކައި މުޅި އޮފީހުގެ ނަމުގައި ތަހުނިޔާއާއި މަރުޙަބާ ދެންނެވިއެވެ.

ރައީސް ޢަލީ އަޙްމަދު ވަނީ އެމަނިކުފާނަށް އިތުބާރުކުރައްވައި ވޯޓު ދެއްވި އެންމެހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެލް.ޖީ.އޭ ބޯޑުގައި ހުންނަވައިގެން ރާއްޖޭގެ އެންމެހާ ކައުންސިލްތަކުގެ އަޑު ސަރުކާރާއި ކަމާބެހޭ އިދާރާތަކަށް އިއްވައި، ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ފ. ނިލަންދޫ ކައުންސިލާއި މުޅި ރައްޔިތުންގެ ނަމުގައި ރައީސް ޢަލީ އަޙްމަދަށް ފުރިހަމަ ކާމިޔާބީއަށް އެދެމެވެ.

އިތުރު ޚަބަރު