މުހިންމު ބަޔަށް ދިއުމަށް
ފ. ނިލަންދޫ ކައުންސިލްގެ ލޯގޯނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާSecretariate of the Nilandhoo Council, North Nilandhe Atholhu
ތާރީޚް: 6740016

ބެލެނިވެރިންގެ ހިޔާ އަދި ފުޓްސަލް ދަނޑު ތަރައްޤީކުރުމާއި ގުޅޭގޮތުން ސްކޫލް ސީނިއަރ މެނޭޖްމަންޓާއި ޑޭލައިޓް ކްލަބާއެކު ކައުންސިލުން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

MEETING

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ޚާއްޞަ ސަރަޙައްދެއް ސުކޫލުގެ ލައިބްރަރީ ގޯތީގައި ގާއިމުކުރުމާއި، ކުދިންނަށް ފުޓްސަލް ދަނޑެއް  ސުކޫލުގެ ގޯތިތެރޭގައި ތަރައްޤީކުރުމާއި ގުޅޭގޮތުންނެވެ.

ބެލެނިވެރިން މަޑުކޮށްލަން ޚާއްސަކޮށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބެލެނިވެރިންގެ ހިޔާއަކީ ކައުންސިލުގެ 2026 ވަނަ އަހަރުގެ އަހަރީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަށް ޖުމްލް 2 ލައްކަ ރުފިޔާގެ ބަޖެޓެއް ކައުންސިލުންވަނީ ފާސްކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫ ޑޭލައިޓް ކުލަބުގެ އެހީތެރިކަމާއިއެކުގައެވެ. އެ ކުލަބުން ވަނީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައަޅައި ކާމިޔާބުވެސް ކޮށްފައެވެ.

މި ބައްދަލުވުމުގައި ޑޭލައިޓް ކްލަބުން ފާހަގަކުރި ގޮތުގައި، ކައުންސިލާއި ބޭންކުގެ އެހީތެރިކަމާއެކު، ކުރިއަށްއޮތް ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމުގެ މަސައްކަތްކުރާނެކަމަށާއި އަދި މި މަސައްކަތް އެ ތާރީޚަށް ނިންމުމަށްޓަކައި ކައުންސިލާއި ސްކޫލުގެ ފުރިހަމަ އެއްބާރުލުމަށް އެ ކްލަބުން ވަނީ އެދިފައެވެ.

މީގެއިތުރުން، ސްކޫލް ގޯތިތެރޭގައި، ސުކޫލް އަދި ޕީޓީއޭއިން އިސްނަގައިގެން ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްރޫޢަށް ބޭނުންވާ އިތުރު އެހީތެރިކަން ހޯދުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތަތައް ކައުންސިލުން އިސްވެ ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ފުޓްސަލް ދަނޑުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ރަށުގެ ހުރިހާ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ.

އިތުރު ޚަބަރު