އިރުމަތީ ބަނދަރުގައި ވެއްޓިފައި އޮތް ނެރު ބައްތި ނަގައި ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި

ރަށުގެ އިރުމަތީ ބަނދަރުގެ ނެރުގައި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކައުންސިލްގެ މުވައްޒަފުންނާއި އާންމު ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރޭގަނޑުގެ ވަގުތުތަކުގައާއި މޫސުން ގޯސް ދުވަސްތަކުގައި، ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު ނެރުން ވަދެނިކުމެ އުޅުމުގައި ދިމާވާ ރައްކާތެރިކަމުގެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމެވެ. .

ކައުންސިލުން ފާހަގަކުރާ ގޮތުގައި، ރަށުގެ އާންމު ޚިދުމަތްތަކާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރަށުގެ ތަރައްޤީއާއި ރައްކާތެރިކަމަށްޓަކައި މިފަދަ މުހިންމު މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ

އިތުރު ޚަބަރު

ބެލެނިވެރިންގެ ހިޔާ އަދި ފުޓްސަލް ދަނޑު ތަރައްޤީކުރުމާއި ގުޅޭގޮތުން ސްކޫލް ސީނިއަރ މެނޭޖްމަންޓާއި ޑޭލައިޓް ކްލަބާއެކު ކައުންސިލުން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެލް.ޖީ.އޭ ބޯޑުގެ މެންބަރުކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އިންތިޚާބުވެވަޑައިގެންފި

