ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އާސާރީ ސަރަޙައްދުގައި ޖޯލިތަކެއް އެލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

ފ. ނިލަންދޫ ކައުންސިލުގެ މަސައްކަތުތަކުގެ ތެރޭގައި ހިމެނޭ، ރަށުގެ އެކި ސަރަޙައްދުތަކުގައި އިޖުތިމާޢީ ސަރަޙައްދުތައް ތަރައްޤީކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލުތައް ޤާއިމުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ރަށުގެ އާސާރީ ސަރަޙައްދުގައި ޖޯލިތަކެއް އެލުވުމުގެ މަސައްކަތް ކައުންސިލުން މިއަދޔ ކުރިއަށް ގެންގޮއްސިއެވެ.
މި މަސައްކަތަކީ ރަށުގެ ރައްޔިތުންނަށް ޢާއިލާތަކާއެކު ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމަށް ބޭނުންވާނެ އިޖުތިމާޢީ މައިދާންތައް ރަށުގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ނިލަންދޫ ކައުންސިލުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
ކައުންސިލުގެ އަމާޒަކީ ރަށުގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް، އެންމެންނަށް ވެސް ބޭނުންކުރެވޭނެ ފަދަ ރީތި، ސާފުތާހިރު އަދި ހިތްގައިމު މާޙައުލުތަކެއް ރަށުގެ އެކި ހިސާބުތަކުގައި ޤާއިމުކުރުމެވެ. މިގޮތުން އެލުވުނު މި ޖޯލިތަކުގެ ސަބަބުން އާސާރީ ސަރަޙައްދަށް އިތުރު ދިރުމެއް ލިބި، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ޢާންމު ރައްޔިތުންގެ ބޭނުމަށް ކައުންސިލުން ތަރައްޤީކުރާ މިފަދަ އިޖުތިމާޢީ ސަރަޙައްދުތަކާއި ތަކެއްޗަށް ގެއްލުން ނުދީ، އެ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ނިލަންދޫ ކައުންސިލުން އިލްތިމާސްކުރައްވައެވެ.
އިތުރު ޚަބަރު

އިރުމަތީ ބަނދަރުގައި ވެއްޓިފައި އޮތް ނެރު ބައްތި ނަގައި ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި

ބެލެނިވެރިންގެ ހިޔާ އަދި ފުޓްސަލް ދަނޑު ތަރައްޤީކުރުމާއި ގުޅޭގޮތުން ސްކޫލް ސީނިއަރ މެނޭޖްމަންޓާއި ޑޭލައިޓް ކްލަބާއެކު ކައުންސިލުން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

